Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސާއި ވަޒީރުން ބޭންކަށް ބަޣާވާތުގެ ތުހުމަތު ކުރުމަކީ ގައުމީވަންތަކަމަށް ހުރި ނުރައްކަލެއް: ޝާހިދު

ރައީސާއި ވަޒީރުން ބޭންކަށް ބަޣާވާތުގެ ތުހުމަތު ކުރުމަކީ ގައުމީވަންތަކަމަށް ހުރި ނުރައްކަލެއް: ޝާހިދު

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވަޒީރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަޣާވާތް ކުރިކަމުގެ ތުހުމަތު ކުރުމަކީ ގައުމީވަންތަކަމަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނާ ގުޅިގެން ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭންކު މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނީ ބަޣާވާތެއް ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އެމްޑީޕީން ބޭއްވި ޕްރެސް ބްރީފިންގައި ޝާހިދު ވިދާޅުވީ އެ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށްވާއިރު ބަޣާވާތެއް ކުރާކަމަށް އެންމެ މަތީ ވެރިއަކު ވިދާޅުވާ ހިސާބުން ނުރައްކަލަށް ފުރޮޅިގެން ދަނީ ބޭންކުގެ ސީއީއޯ އެކަނި ނޫން ކަމަށެވެ.

Advertisement
Allied Insurance — Square (box)

ބޭންކުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނާ ދިމާލަށްވެސް އެ ދިއްކުރެވެނީ ތުހުމަތުގެ އިނގިލި ކަމަށް ޝާހިދު ވިދާޅުވި އެވެ. ސީއީއޯ އިސްތިއުފާދޭން ޖެހޭކަމަށް ވިދާޅުވާ ހިސާބުން އެކަމުގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ, ވަޒީރުން ނިކުމެވަޑައިގެން ދައުލަތާ އިދިކޮޅަށް ބަޣާވާތެއް ކުރި ކަމުގެ ތުހުމަތު އަޅުއްވާ. އަދި ބޭންކުގެ ސީއީއޯ އިސްތިއުފާދޭން ޖެހޭނެ ކަމަށް ވިދާޅުވެ އެ ހިސާބަށް ދިޔައީމަ މި ނިކުންނަނީ އަޅުގަނޑުމެންގެ ގައުމީ ވަންތަ ކަމަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި. އެއީ ނުރައްކަލެއް."
ޝާހިދު ވަނީ ބީއެމްއެލްގެ ބޯޑުން އެ ނިންމުން ނިންމުމުން ވަޒީރުންނާ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެންބަރު ދެއްކެވި ބައެއް ވާހަކަތަކަށް އަލިއަޅުއްވާލައްވާފަ އެވެ. https://twitter.com/MDPSecretariat/status/1828367394060017824 އޭނާ ވިދާޅުވީ އެ ނިންމުން ނިންމި ވަގުތު ވަޒީރަކަށްވެސް އަދި މެންބަރަކަށްވެސް އެކަން މާބޮޑު ކަމަކަށް ނުވި ކަމަށެވެ. ބޭންކަށް ލިބޭ ޑޮލަރު މަދުވެގެން އެއީ މި ވަގުތަށް ދިމާވެގެން އުޅޭ ދައްޗެއް ކަމަށާއި އަންނަ ނޮވެންބަރު މަހު އެކަން ހަމަޖެހިގެންދާނެ ކަމަށް މެންބަރުން ވިދާޅުވަމުން ގެންދެވީ ކޮންމެވެސް ކަހަލަ ކަންތަައްތަކެއް އެބޭފުޅުންނަށް އެނގިވަަޑައިގެންފައި އޮތުމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ކޮންމެވެސް ކަހަލަ މައުލޫމާތެއް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވައިގެން ނޫންތޯ އެ ވާހަކަ ވިދާޅުވާނީ."
ޝާހިދު ވިދާޅުވި ގޮތުގައި އެއީ ބޭންކުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަށް ފަހު، ވަޒީރުންގެ ރާގު ބަދަލުވީ ކުއްލިއަކަަށް ކަމަށެވެ. އެއަށް ފަހު ދެން ކުއްލިއަކަށް ބަޣާވާތުގެ ތުހުމަތު ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެހެން ވިދާޅުވާއިރު އެ ބަޣާވާތުގައި ވަޒީރުން ބައިވެރިވެވަޑައިގަތީތޯ. ނުވަތަ ރައްޔިތުން މަޖިލީހުގެ ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތީތޯ"
ޝާހިދު ވިދާޅުވީ ވަޒީރުން މިހާރު ދައްކަވާ ވާހަކަ މުޅިން ތަފާތު ކަމަށެވެ. އަދި ފެނިގެން ދިޔައީ ސަރުކާރުގެ އެތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތެއް އެކަކު އަނެކަކަށް އެނގިވަޑައިނުގަންނަވާ މަންޒަރުކަމަށްވެސް ވިދާޅުވި އެވެ. ބޭންކު މެދުވެރިކޮށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް