ޚަބަރު

ދަރިފުޅުގެ މަރަށް އިންސާފު ހޯދައިދޭން ގޮވާލާ ބައްޕައަކު ހޮޅިތަކެއް މައްޗަށް އަރާ އިހުތިޖާޖު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދަރިފުޅުގެ މަރަށް ހަ އަހަރު ފާއިތު ވެގެން ދިޔައިރު ވެސް އިންސާފު ލިބިފައި ނުވާތީ، އިންސާފު ހޯދައި ދިނުމަށް އެދި ގޮވާލާ، ހުރަވީ ބިލްޑިންގ ހެދުމަށްޓަކައި އެތަނުގައި ޖަހާފައި ހުރި ހޮޅިތަކެއްގެ މައްޗަށް އަރާ ހުރެ މީހަކު މިއަދު އިހުތިޖާޖު ކޮށްފިއެވެ.

Ads by Hajj Corporation

އެނގިފައިވާ ގޮތުގައި އެމީހާ އިހުތިޖާޖު ކުރަމުން ދަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓި ހ. ދޫހިމެރިގެ، ނަދާލް ރަޝީދު މަރުވި މައްސަލަ ބަލައިދިނުމަށް ގޮވާލާ އިންސާފަށް އެދިއެވެ.

މިމައްސަލައާ ގުޅޭގޮތުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިހުތިޖާޖު ކޮށްފައިވަނީ ނަދާލް ގެ ބައްޕަ އިބްރާހީމް ރަޝީދު (ބްރޯ) އެވެ. މި އިހުތިޖާޖާ ގުޅިގެން ރައީސް އޮފީސް ސަރަހައްދު، ގްރީން ޒޯން އެއްކޮށް ބަންދު ކުރިއެވެ. އަދި ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

ނަދާލްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލުން ދެއްކި ގޮތުގައި، އޭނާ ވަނީ މަސްތުވާތަކެއްޗަށް ފައްސިވެފައި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!