ބޮލީވުޑް މުނިފޫހިފިލުވުން

ކަޕިލް ޝަރުމާ ކައިވެނީގެ "އެނިވާސަރީ" ގައި އަންހެނުން ކިބައިން އެދުނީ މަޢާފަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަމުގައިވާ "ކަޕިލް ޝަރުމާ" އާއި އޭނަގެ އަންހެނުން "ގިންނީ ޗަތުރަތު" ގެ ކައިވެންޏަށް 2 އަހަރުވީ ދުވަހު ކަޕިލް ޝަރުމާ އޭނަގެ އަންހެނުންގެ ކިބައިން އެދުނީ މަޢާފަށެވެ.

Ads by Sosun Fihaara

އިންސްޓަގުރާމުގައި ކަޕިލް ޝަރުމާ ޕޯސްޓުކޮށްފައިވެއެވެ.

އެދުވަހު ނިކަން ރީއްޗަށް ޖަރީ ވެލައިގެން ލޯގަނޑު ކުރިމަތީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ޕޯސްޓު ކުރުމަށް ފަހު ކަޕިލް "އެނިވާސަރީގައި ގާތުގައި ނުހުރެވުމުން ދެރަވާ ކަމަށާއި، އެދުވަހުގައި ވެސް މަސައްކަތުގައި އުޅެން ޖެހުމުން މަޢާފަށް އެދި ސަމާސާ ގޮތަކަށް ބުނެފައި ވަނީ، ހަދިޔާ ބޭނުންވާނަމަ ހަދިޔާ ލިބިގަތުމަށް ދަސްކުރުމަށެވެ.

ކަޕިލް ޝަރުމާއާއި އޭނަގެ އަންހެނުން ގިންނީ ގެ ކައިވެންޏަށް 2 އަހަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ، އަދި އެވަގުތު ވެސް ކަޕިލް ޝަރުމާ އުޅުނީ މަސައްކަތުގައެވެ. ކަޕިލް ޝަރުމާއަކީ އޭނާގެ އޯޑިއަންސް ހެއްވާލުމުގައި ދުވަހަކު ވެސް "ފެއިލް" ވެފައިވާ މީހެއް ނޫނޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ލޯތްބާއި އިޙުތިރާމް ހޯދައިފައެވެ.

Ads by HDC
  1. ފާތުމަ

    ސާބަސް! މި ބުނަނީ ހަދިޔާ އެއް ގަނެވޭނީ މަސައްކަތް ކޮށްގެނޭ. ހިންދީ ނޭނގުނަސް ތަރުޖަމާ ކުރާތި.