ޚަބަރު

ފުވައްމުލަކަށް އާދަޔާ ޚިލާފަށް ފުޅަނގި އަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފުވައްމުލަކު ގައި އަންހެނަކު ފުޅަނގި ނަގައިގެން/ ފޮޓޯ: ވަގުތު އަށް ހަދިޔާކުރި ފޮޓޯއެއް

ފުވައްމުލަކު ސިޓީ އަށް މިއަދު އާދަޔާ ޚިލާފަށް ފުޅަނގި އަރައިފިއެވެ.

Ads by STELCO

ފުޅަނގި (ފުވައްމުލަކު ބަހުންނަމަ "ހުޅަންމަހަ"9 ހޮވަން ގިނަ ބަޔަކު މިއަދު އެސިޓީގެ އަތިރިމައްޗަށް ޖަމާވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 3:30 އިން ފެށިގެން އިރުއޮއްސި އަނދިރިވުމާ ހަމައަށް ފުވައްމުލަކު އަތިރިމައްޗަށް ފުޅަނގި އަރާފައިވެއެވެ.

ބައެއް އޮންލައިން މީޑިއާ ތަކަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ފުޅަނގި ހޮވަން އަތިރިމައްޗަށް ހައެއްކަ ސަތޭކަ މީހުން ޖަމާވި ކަމަށެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ހުޅަނގު މޫސުން ނިމޭ ދުވަސްވަރާ ދިމާކޮށް ފުވައްމުލަކުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ފުޅަނގި ހޮވަން މީހުން ގޯންޏާއި ތެލި އަދި ބޮޑެތި ތަށި ފަދަ ތަކެތި ހިފައިގެން ނުކުމެ އުޅެއެވެ. ތާރީޚުން އެނގޭ ގޮތުގައި އޭރު ފުޅަނގި ހޮވަން އަތިރިމައްޗަށް ނުކުންނަ ކޮންމެ މީހަކު މަދުވެގެން ވިއްސަކަށް ފުޅަނގި ނަގައެވެ. އޭރު ވެސް އެއީ ކުޑަކުދިންނާއި ބޮޑެތި މީހުން ވަރަށް ފޯރިއާ އެކު އެރަށުގައި ކުރަމުން ދިޔަ ކަމެކެވެ.

އެއިރުވެސް އަދި މިހާރުވެސް ފުވައްމުލަކުގައި އެންމެ ގިނައިން ފުޅަނގި އަރަނީ ހުޅަނގު މޫސުމާ ދިމާކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!