ޚަބަރު

ދިއްދޫގައި ބާއްވާ އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުމާއި ހަވާއެރުވުން މިރޭ!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުމާއި ހަވާއެރުވުމުގެ ހަރަކާތް ހއ. ދިއްދޫގައި އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by STELCO

މީގެ ކުރިން ޝަރަފްގެ ހިނގާލުން އޮންނަނީ މާލެ ސަރަހައްދުގައެވެ. މިއީ އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޝަރަފުވެރި ހިނގާލުމެވެ. މި ހަރަކާތްތަކީ ނޮދަން އޭރިއާ ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށް ގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ކުރިއަށް ގެންދިއުމަށް ހަމަޖެހުނު ހަރަކާތެކެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ހދ. ކުޅުދުއްފުށީގައި ބުރާސްފަތި ދުވަހު ވަނީ ޝަރަފްގެ ހިނގާލުމާއި ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އިހަވަންދޫގައި ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އިހަވަންދޫގައި ހަރަކާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!