ވިޔަފާރި އުސޫލުން ދިވެހިންގެ "ބަރަހަނާ" ފޮޓޯއާއި ވީޑިއޯ ޓެލެގްރާމްގައި ހިއްސާ ކުރާކަމުގެ މައްސަލައެއް
ވިޔަފާރީގެ އުސޫލުން ދިވެހިންގެ ބަރަހަނާ ފޮޓޯތަކަކާއި ވީޑިއޯ ތަކެއް ޓެލެގްރާމް ގައި ހިއްސާ ކުރަމުންދާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ މިފޮޓޯތަކާއި ވީޑިއޯތައް އެމީހުން ވިޔަފާރިއަށް ވިއްކާ ހަދަނީ ޓެލެގްރާމް ގައި ހަދާފައި އޮންނަ ގްރޫޕެއް މެދުވެރިކޮށް ކަމަށެވެ.
ދިވެހިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކައިގެން އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހުން ފުރަތަމަ ޖެހޭނީ "ޕްރިމިއަމް" ގްރޫޕެއްގައި ރަޖިސްޓްރީ ވާން ކަމަށް އެނޫހަށް ބައެއް މީހުން މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެގްރޫޕުގައި ރެޖިސްޓްރީ ވުމަށް އެމީހުން ބުނެފައިވާ އެކައުންޓަކަށް ޖަމާކުރަން ޖެހެނީ "ބިޓްކޮއިން" އެވެ.
"ބިޓްކޮއިން އެކައުންޓަކަށް 30 ޑޮލަރުގެ ބިޓްކޮއިން ޖަމާކުރަން އަންގަނީ. އިސްތިހާރުގައި ބުނެފައި އޮންނަ ގޮތުގައި ޕްރިމިއަމް ގްރޫޕުން އާއްމު ކުރާނީ މީގެ ކުރިން ލީކްވެފައި ނުހުންނަ އެއްޗެހި" އެނޫހަށް މައުލޫމާތު ދިން އެކަކު ބުނެފައިވެއެވެ.
އެހެން މީހަކު ބުނެފައިވާ ގޮތުގައި ޕްރީމިއަމް ގްރޫޕަކުން ހަފްތާއަކު ދެ ސްނެޕް އަދި އަދި ކޮންމެ ހަފްތާއަކު 30 މިނެޓުގެ ވީޑިއޯ ކޯލެއް ކުރެވޭނެ ކަމަށް ވެސް ބުނެ ވަނީ އިޝްތިހާރު ކޮށްފައެވެ.
ދިވެހިންގެ މެދުގައި މިފަދައިން ގްރޫޕުތައް ހަދައިގެން ބަރަަހަނާ މަންޒަރު އިޝްތިހާރު ކުރުމާއި، ވިޔަފާރިއަށް ފޮޓޯއާއި ވީޑިއޯ ވިއްކުމާއި އަދި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ކަމަށް ވެސް ބުނަމުން އަންނަ ގްރޫޕުތަށް ވަނީ އިތުރުވެފައެވެ. އެގޮތުން މިފަހަރު ޓެލެގްރާމްގެ ގްރޫޕެއްގެ ވާހަކަ ފެންމަތިވެފައިވާއިރު، މީގެ ކުރިން ވައިބާ ގައި ވެސް މިފަދައިން ކޮމިއިނިޓީ ގްރޫޕެއް ހަދައިގެން، ހަށިވިއްކާ ކަމަށް ބުނަމުންދިޔަ މައްސަލައެއް "ދެން" ގެ ފަރާތުން ވެސް ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ކުރިން ގެނެސްފައެވެ.
މިމައްސަލައާ ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.