ޚަބަރު

"މާފުށީގައި ކްރިސްމަސް ގަހެއް ބެހެއްޓީ ކައުންސިލަށް ނާންގާ!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކ. މާފުށީގައި ހުރި ގެސްޓްހައުސް އެއްގެ ބޭރުގައި ބެހެއްޓި ކްރިސްޓްމަސް ގަހަކީ، އެރަށު ކައުންސިލަށް އެނގިގެން ބެހެެއްޓި ގަހެއް ނޫން ކަމުގައި އެކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މާފުށި ކައުންސިލުގެ ނައިބު ރައީސް ނަޝީދާ އާދަމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގެސްޓްހައުސް ގެ ބޭރުގައި ކްރިސްމަސް ގަހެއް ބެހެއްޓިކަން އެކައުންސިލަށް ކުރިން އެނގިފައި ނުވަތަ އަންގާފައި ވެސް ނުވާ ކަމަށެވެ.

"ކައުންސިލަށް އެނގިފައެއް ނުވޭ ކްރިސްޓްމަސް ގަހެއް ބެހެއްޓި ކަމަށް. އެނގުނީ ވެސް އެގަސް ނެގި ފަހުން. އެގަސް ބެހެއްޓީ ކައުންސިލުގެ ހުއްދައަކާ ނުލާ، ކައުންސިލުން އެކަލަ ހުއްދައެއް ނުދޭނެ!" މާފުށި ކައުންސިލުގެ ނައިބު ރައީސް ނަޝީދާ އާދަމް ވިދާޅުވިއެވެ.

ފުލުހުން ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު 20:30 ހާއިރު، މާފުށީ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ކްރިސްޓްމަސް ގަހެއް ބަހައްޓާފައި ހުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށުއަރާ ކަމެއް ކަމަށާއި ގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން ކުރި މަޝްވަރާތައް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން އެ ގަސް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

Ads by Allied Insurance
  1. ސަމްސު

    ހުއްދަނެގިނަމ ބެހެއްޓުނީސ ދ؟