Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގްރޭޑް އެކަކަށް ވައްދަން ފޯމުތައް ލަސްނުކޮށް ހުށަހަޅަން އިލްތިމާސްކޮށްފި

ގްރޭޑް އެކަކަށް ވައްދަން ފޯމުތައް ލަސްނުކޮށް ހުށަހަޅަން އިލްތިމާސްކޮށްފި

މާލޭ ސަރަހައްދުން ގްރޭޑް އެކަކަށް ވައްދަން ފޯމުތައް ލަސްނުކޮށް ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުން އެކަކަށް ވައްދަން ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ފޯމުތައް ހުށަހެޅި ކަމަށެވެ.

އަދި އެކަކަށް ވައްދަން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައިވާ އިރު އަދިވެސް މަދު ބަޔަކު ފޯމު ހުށަނާޅާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މިނިސްޓްރީން އިތުރަށް ބުނީ ފޯމު ހުށަހެޅުމަށް ދެވަނަ ފުރުސަތަކަށް ހުޅުވާލަން ޖެހިއްޖެ ހާލަތެއްގައި ފަހުން ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނީ ފުރަތަމަ ފޯމު ހުށަހެޅި ފަރާތްތަކަށް އިސްކަން ދިނުމަށް ފަހު ކަމަށެވެ.

"މި ހާލަތުގައި އެކުދިންނާ އެއް އާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުސަތު ބޮޑުވާނެ އެވެ" މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.

އެހެންކަމުން ލަސްނުކޮށް ފޯމުތައް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް