ޚަބަރު

ގޭސް ލީކް ވެގެން ބުރުނީގައި ހިނގި ހާދިސާއެއްގައި މީހަކު ފިހިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ. ބުރުނީގައި ގޭސް ލީކު ވެގެން ހިނގި ހާދިސާ އެއްގައި އަންހެނަކު ފިހިއްޖެއެވެ.

Ads by STELCO

ބުރުނީ ކައުންސިލާ އުސްމާން އަރީފު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ގޭސް އުނދުން ރޯކޮށްފައި ރަނގަޅަށް ނިވާ ނުލެވި ހުއްޓާ ގޭސް ލީކު ވެގެން ކަމަށެވެ.

"ގޭސް އުނދުން ރަނގަޅަށް ނިވާ ނުލެވި، ގޭސް ލީކު ވެފަ ހުއްޓާ، ކަނޑާލީމަ ކުޑަ ވަރެއްގެ ސްޕާކެއް ބަދިގޭގައި ހިނގީ" އުސްމާން ވިދާޅުވިއެވެ.

އުސްމާން ވިދާޅުވީ، ގޭސް ލީކު ވެގެން ހިނގީ ބޮޑު އަލިފާނުގެ ހާދިސާއެއް ނޫން ކަމަށާއި، އެހެން ނަމަވެސް ހާދިސާ ހިނގިއިރު އެ ބަދިގޭގައި ހުރި އަންހެނަކު ކުޑަކޮށް ފިހިފައިވާ ކަމަށެވެ.

"މާބޮޑު އަނިޔާއެއް ނުލިބޭ. އޭނަގެ ދެ ފައިން ތަންކޮޅަކާއި އަތުން ތަންކޮޅެއް ފިހުނީ. މިހާރު ސިއްޙީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އަތުގައާއި ފައިގާ ބޭސް އަޅާފައި އޭނާ ވަނީ ގެއަށް ދޫކޮށްލާފަ" އުސްމާން ވިދާޅުވިއެވެ

އެނގިފައިވާ ގޮތުގައި މިހާދިސާގައި ފިހިފައި ވަނީ އުމުރުން 67 އަހަރުގެ އަންހެނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!