ޚަބަރު ދިވެހި ސިނަމާ

ޔުނާން އާއި ރިހުލާ ގެ މައްސަލަ: އިބްތިދާއީ އަޑުއެހުންތައް ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށުގައި ޝަރީޢަތް ނިމެންދެން ހައްޔަރު ކޮށްފައިވާ ދިވެހި ފިލްމީ ތަރި މުޙައްމަދު ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ ގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން ފަށައިފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނީ ހުޅުމާލޭ ކޯޓުގައެވެ. އެގޮތުން މިމައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މި މަހުގެ ކުރީކޮޅުގައެެވެ.

މިމައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ޔުނާންގެ އާއިލާ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް، އެއާއިލާގެ ފަރާތުން ހުޅުމާލޭ ފުލުސް އޮފީހުގައި މައްސަލަ ހުށަހެޅީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އޭގެ އަނެއް ދުވަހު، އެދެމަފިރިން ހައްޔަރު ކުރުމަށް ގޮވާލާ، ބަޔަކު މީހުން ވަނީ ޔުނާން އާއި ރިހޫ ހުޅުމާލޭގައި ދިރިއުޅޭ ގޭ ކައިރިއަށް އެއްވެ އަޑުގަދަ ކޮށްފައެވެ. އެދުވަހު އިރުއޮއްސުނު ވަގުތު ފުލުހުން އެދެމީހުންނަށް ރައްކާތެރިކަންދީ ގެންދިޔަ ކަމުގައި ވިޔަސް ފަހުން އަނބުރާ ގެއަށް ގެނެސް، އެރޭ އެދެމަފިރިން ވަނީ ހައްޔަރު ކޮށްފައެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާތައް:

▪︎ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާ،
▪︎ އެ ކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާ،
▪︎ އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ،
▪︎ އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ،
▪︎ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއަކާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެކެވެ.

ރިހޫގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

▪︎ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ،
▪︎ އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ،
▪︎ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއަކާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެކެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!