ލައިފްސްޓައިލް

ރެދަން ލުމުގެ ފަހަތުގައި ވާ ސިއްރަކީ ކޮބާ؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ދުވަސްވަރު މުޅި ރާއްޖޭގައި ވެސް އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ރެދަނުގެ ވާހަކައެވެ. ރެދަނަކީ ޒަމާނުއްސުރެ ރާއްޖޭގެ ގިނަ ރަށްރަށެއްގެ ގޮނޑުދޮށުގައި ލައި އުޅޭ އެއްޗެއް ނަމަވެސް މި ވާހަކަ މި ދުވަސްވަރު މާ ގަދައަށް ދެކެވެން ފަށާފައި މިވަނީ ހުޅުމާލޭ ގޮނޑުދޮށުގައި ރެދަން ލީ ފަހުންނެވެ.

Ads by MWSC

ބަލާލަން ކިތަންމެ ރީތި ނަމަވެސް އިހު ޒަމާނުއްސުރެ ރެދަން ފާހަގަވެފައި އޮންނަނީ ނާމާން އެއްޗެއްގެ ގޮތުގައެވެ. ރެދަނަކީ ކަނޑުމަތި އެޅުމުން ލާ އެއްޗެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.

ސައިންސްޓިފިކަލީ ބަލާނަމަ ރެދަން ނުވަތަ ބައޯލުމިނަސަންސް އަކީ މޫދުގައި ދިރިއުޅޭ ޕްލޭންކްޓަންސް ނަމަކަށް ކިޔާ ކުދި ދިރުންތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ޕްލޭންކްޓަންސް އަކީ އަމިއްލަ ބާރުގައި ފެނުގައި ދަތުރު ނުކުރެވޭ އެއްޗެކެވެ.

މިގޮތުން މޫދުގެ އޮޔާއެކު މި ދިރުންތައް ދަތުރު ކުރަމުން އަންނައިރު، ރާޅު ޖަހާ ވަގުތު އުފެދޭ ޕްރެޝަރުގެ ސަބަބުން މި ދިރުންތަކަށް ވެސް ޕްރެޝަރު އައިސް ދިލެން މެދުވެރިވެއެވެ.

މިގޮތުން ވެސް ދިއްލެނީ ޑައިނޮފްލެޖަލޭޓް ނަމަކަށް ކިޔޭ ޕްލޭންކްޓަން އެކެވެ. މިއީ އޭގެ ޒާތުގައި އަމިއްލަ އަށް އަލި އުފެއްދުމުގެ ބާރު ލިބިފައިވާ ވައްތަރުގެ ޕްލޭންކްޓަންއެވެ. މިފަދަ ޕްލޭންކްޓަންގައި ޕްރެޝަރު ބޮޑުވާ ވަރަކަށް އަލި އުފެދޭ މިންވަރު އިތުރުވެެއެވެ.

ބާރަށް ޖަހާ ރާޅުތަކާއެކު ރެދަނުގެ އަލި ގަދަވަނީ ވެސް މި ސަބަބަށްޓަކައެވެ.

ރެދަނަކީ ނާމާން އެއްޗެއްގެ ގޮތުގައި ބަޔަކު ސިފަކުރި ނަމަވެސް ގިނަ ބަޔަކަށް ރެދަން ވެފައި މިވަނީ ބަލާލަން ވަރަށް ހިތްގައިމު އެއްޗަކަށެވެ.

 

Ads by Allied Insurance
  1. ރައްޔިތުމީހާ

    އަހަރުމެން ކުޑައިރު ރޭގަޑު ދަންވަރުގަޑީގަވެސް ތި ރެދަންލައިފަ ހުރޭ…އެވެސް ތިބުނާ މޫދުގަ އުޅޭ ދިެއްލޭ ްއެއްޗެއް ތަ…؟؟ އެއެއްޗެހި އެއްގަމައް އަރަނީދޯ… ހަހަ..