ދުނިޔެ

ދަސްވެނިވުމުގެ ސެޓިފިކެޓު ކާލީ ގެންގުޅޭ ބުޅާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފައިނޭންސް އެންޑް އެކައުންޓިންގް ދާއިރާއިން ޑިގުރީ ހާސިލު ކުރި މެލޭޝިއާ މީހެއްގެ ދަސްވެނިވުމުގެ ސެޓިފިކެޓު އޭނާ ގެންގުޅޭ ބުޅާ ހަލާކު ކޮށްލައިފިއެވެ. މުހައްމަދު ހަނަފިއާ ކިޔާ މި މިހާ ޑިގުރީ ފުރިހަމަ ކުރީ ނިމިދިޔަ ޖުލައި މަހުއެވެ.

Ads by Sosun Fihaara

އޭނާ ވަނީ ޑިސެންބަރު މަހުގެ 21 ވަަ ދުވަހު މިކަން ހާމަކޮށް ޓުވީޓު ކޮށްފައެވެ. އެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އޭނާގެ ކޮޓަރީގައި ހުރި ބޭނުން ނުކުރާ ކަރުދާސްތަކުގެ ތެރެއިން ވެސް އޭނާ ގެންގުޅޭ ބުޅާ ހަލާކުުކޮށްލީ ހަމައެކަނި އޭނާގެ ޔުނިވާސިޓީ ޑިގުރީ ކަމަށެވެ. އަދި އޭނާ ވަނީ ހަލާކުވެފައި އޮތް އޭނާގެ ސެޓިފިކެޓުގެ ފޮޓޯއެއް ވެސް ޓުވިޓާގައި ހިއްސާ ކޮށްފައެވެ.

މި ފޮޓޯއަށް ކުޑައިރުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު، އެތައް ބަޔަކު ވަނީ، އެމީހުންގެ ވެސް މުހިންމު ލިޔުންތައް މިފަދަ ގޮތަކަށް ހަލާކުވެފައި ވާ ފޮޓޯ ޓުވިޓާގައި ހިއްސާ ކޮށްފައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!