ދުނިޔެ

މެލޭޝިއާގެ މުސްލިމުން “ހަލާލް” ޖެހި އޫރު މަސް ކާތާ 40 އަހަރު ވެއްޖެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މެލޭޝިއާގެ މުސްލިމުން “ހަލާލް” ޖަހައިފައިވާ އޫރު މަސްތަކެއް ކާތާ 40 އަހަރު ވެއްޖެއެވެ.

Ads by Sosun Fihaara

އެގައުމުގެ މުސްލިމުން އެމަސް ކަމުން އައީ ނޭނގުމެއްގެ ތެރޭގައެވެ. ބޭރުގެ ނޫހެއް ކަމަށްވާ “ނިއު ސްޓްރެއިޓްސް ޓައިމްސް” އިން ބުނެފައިވާ ގޮތުގައި، އެގައުމަށް އޭގެ “ފޭކް ހަލާލް” ޖެހިފައިވާ ޕެކެޓުތަކުގެ ކޮންޓެއިނާ އެތެރެ ކޮށްފައި ވަނީ އެގައުމުގެ ސަރުކާރުގެ އޮފިސަރުން ރިޝްވަތު ނަގައިގެންނެވެ.

އެގޮތުން އެގައުމަށް އެތެރެ ކުރާ ކޮންމެ ކޮންޓެއިނަރަކަށް ޔޫއެސް ޑޮލަރުގެ 36 ޑޮލަރާއި 738 ޑޮލަރާ ހަމައަށް އެގައުމުގެ ސަރުކާރުގެ އޮފިސަރުންގެ ޖީބަށް ވަންނަ ކަމަށް އެ ނިއުސްގައި ބަޔާން ކޮށްފައި ވެއެވެ. ހަމައެކަނި ރުފިޔާއަކަށް ނޫން ކަމަށާއި، ބައެއް ފަހަރު ސަރުކާރުގެ އޮފިސަރުންގެ ޖިންސީ އެދުން ފުއްދުމަށް އަންހެނުން ވެސް ރިޝްވަތުގެ ގޮތުގައި ނަގާ ކަމަށް އެ ޚަބަރުގައި ވެއެވެ.

އެ ޕެކޭޖުތައް މެލޭޝިއާއަށް އެތެރެ ވާއިރު “ހަލާލް” ޓެގު ނީންނަ ކަމަށާއި އެގައުމަށް އެތެރެ ވާހިސާބުން ފެށިގެން ވެއާ ހައުސްއަކަށް ގެންގޮސް “ފޭކް ހަލާލް” ޓެގު ހަރު ކުރާ ކަމަށް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ. އަދި މިގޮތަށް އެގައުމުގެ މުސްލިމުންނަށް “ފޭކު ހަލާލް” ޓެގުގައި ހުންނަ ޕެކޭޖުތައް ކާން ދޭތާ މިހާރު 40 އަހަރު ވަނީ ވެފައެވެ.

މިކަމާ ގުޅިގެން މެލޭޝިއާގެ މުސްލިމުން އަންނަނީ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. އަދި އެފަދަ ޕެކޭޖެއް ގަތުމުގައި ދެން އެއްވެސް ފަރާތަކަށް އިތުބާރު ކުރަން ޖެހިލުން ވާނެ ކަމަށް ވެސް އެގައުމުގެ މުސްލިމުން އަންނަނީ ބުނަމުންނެވެ.

Ads by Ooredoo
  1. ހަލާލުޖެހީމާ ހަރާމް އެއްޗެތި ކެވޭތަ؟

    • ޙެހެހހެ

      ހޭބަލި ވެބަލަ، ކާކު ބުނީ ކެވޭވާހަކަ

      • ހަލާލު އަލިބެ

        އަގަޔަށް މީރުވެފަ ކެވެންޏާ ހަލާލު ވާނެ. ދީނަކި އިންސާނުން ވިޔަފާރިއަށް ހަދައިގެން އުޅޭ އެއްޗެއް

      • އަލީ

        ސުރުހީ ކިޔާލިޔަކަސްނުވާނެ ވާނުވާ ރަނގަޅަށް ބަލާބަ…
        އެގައުމަށް އެތެރެ ކުރާ ކޮންމެ ކޮންޓެއިނަރަކަށް ޔޫއެސް ޑޮލަރުގެ 36 ޑޮލަރާއި 738 ޑޮލަރާ ހަމައަށް އެގައުމުގެ ސަރުކާރުގެ އޮފިސަރުންގެ ޖީބަށް ވަންނަ ކަމަށް އެ ނިއުސްގައި ބަޔާން ކޮށްފައި ވެއެވެ. ހަމައެކަނި ރުފިޔާއަކަށް ނޫން ކަމަށާއި، ބައެއް ފަހަރު ސަރުކާރުގެ އޮފިސަރުންގެ ޖިންސީ އެދުން ފުއްދުމަށް އަންހެނުން ވެސް ރިޝްވަތުގެ ގޮތުގައި ނަގާ ކަމަށް އެ ޚަބަރުގައި ވެއެވެ.
        މެލޭޝިއާއަށް އެތެރެ ވާއިރު “ހަލާލް” ޓެގު ނީންނަ ކަމަށާއި އެގައުމަށް އެތެރެ ވާހިސާބުން ފެށިގެން ވެއާ ހައުސްއަކަށް ގެންގޮސް “ފޭކް ހަލާލް” ޓެގު ހަރު ކުރާ ކަމަށް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.

    • ގުއި ރޮޑު

      ޡަނެއް ދޮރެއް ނޭގޭ ހަބަރު ކިޔާބަލަ ފުރަތަމަ

    • ކިޔާލީމަ އިންގޭނީ 2021 އައް ލޮލް

  2. ޅޮސްމާ

    ނުކިޔާ ކޮމެންޓު ކުރާ ގްރޫޕް

  3. ވިޔަފާރިވެރިޔާ

    ދިވެހިންނަށް މި ފޯރު ކޮށްދޭނަން ވަރަށް އަވަހަށް

  4. މޫސަ

    މިތަކެތި އާމްމުކޮށް ގޮސްދާނެކަމަށް ލަފާކުރެވޭ ތަން ތަން ހޯދާލެވިދާނެ ގޮތެއް އެންގޭ ބޭފުޅަކުހުރިނަމަ އަންގާލަ ދެއްވުން އެދެން. ވަރަށް ޖެހިލުންވޭ އެފަދަ އެއްޗެހި ހުންނަ މޯލްއަކުން އެއްޗެހި ގަނެވިދާނެތީ. ހާއްސަކޮށް އައިސްކޮށްފަ ހުންނަ ތަކެތި.

  5. ޙައް

    ޢޫރުމަސްކަމައް ކޮންތާކު އޮތީ

  6. ޙުސެން

    މިތާނގެ ހާލެއް އެނގޭ މީހަކު އެބަހުރިބާ؟

  7. ޅީޅާ

    މަރު ވާންވީ

  8. ކުމުންދޫއަލީ

    ހިޔާލީ ވާހަކައެއް،،،