ޚަބަރު

ހަފްތާ ބަންދު ތެރޭގައި ލިބޭނީ އެމަޖެންސީ ފަރުވާ އެކަނި: އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހޮސްޕިޓަލުގައި ކަރަންޓުގެ މަސައްކަތެއް ކުރާތީ މިހަފްތާ ބަންދުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދެމުން ގެންދާނީ ހަމައެކަނި އެމަޖެންސީ ޚިދުމަތްތައް ކަމުގައި އެ ހޮސްޕިޓަލުން ބުނެފިއެވެ.

Ads by MWSC

އެ ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލުގެ މެއިންޓެނެންސް ޑިޕާޓްމެންޓްގެ ހެޑް އަލީ މޫސާ ވިދާޅުވީ އެ ހޮސްޕިޓަލުގެ ޕެނަލް ބޯޑަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް މި ހަފްތާ ބަންދު ތެރޭގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި މިމަސައްކަތުގެ ސަބަބުން އެމަޖެންސީ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެ ކަމަށެވެ.

“މިމަސައްކަތް ހިނގަމުންދާ ވަގުތު، ކަރަންޓު ނެތުމުގެ ސަބަބުން، ލެބާއި އެމްއާރްއައި ސީޓީ ސްކޭން ފަދަ ޚިދުމަތް ފިޔަވާ އެމެޖެންސީ އެއްވެސް ޚިދުމަތްތަކަށް، އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހަކަށް ވެސް ދަތިކަމެއް ކުރިމަތިއެއް ނުވާނެ. ” އޭނާ ވިދާޅުވިއެވެ.

އަދި ހުކުރު އަދި ހޮނިހިރު ދުވަހު ޓެސްޓު ހެދުމަށާއި އިތުރު ހިދުމަތްތަކަށް އެޕޮއިންޓްމެންޓު ހައްދާފައިވާ ފަރާތްތަކުގެ އެޕޮއިންޓްމެންޓު އެހެން ދުވަހަކަށް ބަދަލުކޮށްދެވިގެން ދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!