Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފެނަކަ ހެޑް އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ

ފެނަކަ ހެޑް އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ

ފެނަކަ ހެޑް އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިއީ ހެޑް އޮފީސް ހިންގަން އިމާރާތެއް ކުއްޔަށް ހޯދަން ފެނަކައިން އިއުލާންކުރި ދެވަނަ ފަަހަރެވެ.

ފެނަކައިން ބުނީ ދެވަނަ ފަހަރަށް އިއުލާންކުރީ ފުރަތަމަ ފަހަރު އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

ފެނަކައިން ބޭނުންވަނީ އިމާރާތެއް 5 އަހަރަށް ކުއްޔަށް ނަގާށެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެ މަސައްކަތުގެ ބީލަމުގެ ރަޖިސްޓްރީވުމުފެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ އިރު ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ފެނަކައިން އޮފީސް ހިންގާނެ އިމަރާތެއް ހޯދަމުންދާއިރު އެ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްވެފަ އެވެ.

އަދި މިދިޔަ ހަފްތާ އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވައިފަ އެވެ.

ކުރީ ސަރުކާރުގައި ފެނަކައިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ވެސް ބަލަމުންދާ އިރު ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވަނީ ދައުވާވެސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް