އާ އަހަރު ފާހަގަ ކުރުމަށް 43 ރިސޯޓެއްގައި ހަވާ އަރުވަނީ

މިފެށޭ އާ އަހަރު ފާހަގަ ކުރުމަށް ރާއްޖޭގެ 43 ރިސޯޓެއްގައި ހަވާ އަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ ސިފައިންގެ ކޯޕަރޭޓީވް "ސިފްކޯ" އިން ވިޔަފާރި އުސޫލުން އާއަހަރު ފާހަގަ ކުރުމަށް ހަވާއެރުވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އޮންލައިން ނޫސް "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރަަހީމް އާޒިމް ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއްފަދައިން ވިޔަފާރި އުސޫލުން މިއަހަރު ވެސް ހަވާއަރުވަށް ބޭނުންވާ ރިސޯޓުތަކުގައި ސިފްކޯ އިން ހަވާ އެރުވުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ މިއަހަރު 43 ރިސޯޓެއްގައި ހަވާއަރުވާނެ ކަމަށާއި އެ ހުރިހާ ރިސޯޓެއްގައި ވެސް ހަވާއެރުވުމުގައި ހަރަކާތްތެރި ވާނީ ސިފައިން ކަމަށެވެ. ހަވާ އަރުވާ ރިސޯޓްތަކުގައި ހަމަޖައްސަން ޖެހޭ އެންމެހާ އިންތިޒާމުތައް މިހާރު ނިމިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މާދަމާ ރޭ 00:00 ގައި 43 ރިސޯޓެއްގައި ހަވާ އަރުވާއިރު، ކައިރި ރަށްތަކަށް އެމަންޒަރު ފެންނާނެ ކަމަށް ލަފާ ކުރެވެއެވެ.