މުނިފޫހިފިލުވުން

ސާދަތިރީސް އަށެއްގެ އަހަރުގެ ފުރަތަމަ ޝޯވ މިރޭ ކޮފީ އެންޑް ބައިޓްސްގައި، ބަލާލަން ދާން ވާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސާދަ ތިރީސް އަށަކުން އައު އަހަރު ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ޝޯވ މިރޭ ހެންވޭރު ކޮފީ އެންޑް ބައިޓްސް ކެފޭ ކުރިމަތީގައި ބޭއްވުމަށް ހަމަ ޖައްސައިފިއެެވެ.

Ads by MWSC

މި ޝޯވ އަކީ 2021ގައި ސާދަތިރީސް އަށެއް ފެނިގެން ދާނެ ފުރަތަމަ ޝޯވ އަށް ވެގެންދާއިރު މިރޭގެ ޝޯވ ވަރަށް ފޯރިގަދަ ވެގެން ދާނެ ކަމަށް އެ ގްރޫޕުން ބުނެއެވެ. އެހެންކަމުން މި ޝޯވ ބަލާލަން ކޮންމެވެސް ވަގުތެއް ހުސްކޮށްލައިގެން ދާންވާނެއެވެ.

ސާދަތިރީސް އަށަކުން މިރޭ ކޮފީ އެންޑް ބައިޓްސް ކުރިމަތީގައި ޕާރފޯމް ކުރަން ހަމަޖެހިފައިވާއިރު، މީގެ ކުރިން ވެސް އެ ގުރޫޕުން ވަނީ ހަމަ އެތަނުގައި ޝޯވއެއް ބާއްވާފައެވެ. އަދި އެރޭގެ ޝޯވ ބަލަން ވެސް ގިނަ ބަޔަކު އެ ސަރަހައްދަށް ދިޔައެވެ.

މިރޭގެ ޝޯވ 21:00ގައި ފެށެން ހަމަ ޖެހިފައިވާއިރު، އެވަގުތުގައި ކޮފީ އެންޑް ބައިޓްސްގެ ފަރާތުން ލައިވް ބާބަކިއު ވެސް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އައު އަހަރުގެ ހިތްފަސޭހަ ވަގުތުތައް އާއިލާއާ ރައްޓެހިންނާއެކު މަޖާ މާހައުލެއްގައި ހޭދަކޮށްލުމަށް މިރޭ އެތަނަށް ކޮންމެހެން ވެސް ދާން ވާނެއެވެ. ކޮފީ އެންޑް ބައިޓްސް ހުންނާނީ އޭޑީކޭ ގޯޅި ތެރޭގައެވެ.

ސާދަ ތިރީސް ބޮޑުބެރަކީ ފެށުނީއްސުރެވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ގުރޫޕަކަށްވާއިރު، ބެލުންތެރިން މުނިފޫހިފިލުވައި ދިނުމުގައި ސާދަތިރީސް އަށަކުން ފެއިލްވެފައެއް ނުވެއެވެ. މިރޭގެ ޝޯވ އަކީ ވެސް ހިތްގައިމު ފޯރިގަދަ ޝޯވ އަކަށް ވެގެންދާނެ ކަމާމެދު ޝައްކެތް ނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!