ޚަބަރު

"އެމްއެމްޕީއާރްސީ މައްސަލައިގައި ނުޙައްޤުން އަނިޔާ ދޭން އެބަ ހެކި ހޯދާ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކޭޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރް)ގެ ބޮޑު ޚިޔާނާތުގެ ތަހުގީގާ ގުޅިގެން ނުޙައްޤުން ހެކި ހޯދާ ކަމުގެ ތުހުމަތު ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ތުހުމަތު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި މިސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކު ހިމެނޭއިރު އެއިން އެއްވެސް މީހަކަށް ދައުވާ ކުރަން ނުފޮނުވަނީ ހަމަހަމަކަން ސަރުކާރުގައި ނެތީމަ ކަމަށެވެ.

"ޕްލީ ބާގެއިންގެ ފަހަތުގައި ވަނީ ޚިޔާނާތުގައި ހިމެނޭ ވަކި ނަންތަކެއް ފޮރުވުމުގެ ޑީލް! ނުޙައްޤުން އަނިޔާ ދޭން ހެކި ހޯދުން!" އާދަމް ޝަރީފު ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މިފަދަ ތުހުމަތުތަކެއް ކުރައްވާފައިވާއިރު، އެމްއެމްޕީއާރްސީ މައްސަލައިގައި ބޮޑުންގެ ގޮތުގައި ފާހަގަވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއެވެ. މި ދެ ބޭފުޅުންނާއެކު ސަރުކާރުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!