Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޗައިނާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޗައިނާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކޮންގް ޝިއަންހުއާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

ކޮންގްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ކޮންގްއަށް މަރުހަބާ ވިދާޅުވެފައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ޗައިނާގެ އާ ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ އެކު، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމުގައި ރައީސް އޮފީހުން ބުންޏެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ރާއްޖެ އާއި ދިވެހިންނަކީ މުހިންމު އަދި ގާތް ބައެއް ކަމުގައި ސަފީރު ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމުގަ އެވެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް