ޚަބަރު

ކޮވިޑް-19: މިއަދު ފައްސިވީ 26 މީހުން، ބަލިން ފަސޭހަވީ 13 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 26 މީހުން ފައްސިވެ 16 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 11 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 11 މީހަކާއި އަތޮޅުތެރެއިން 3 މީހަކާއި ބޭރުގައި ދިރިއުޅޭ އެކަކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،893 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13,204 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 32 މީހުންނެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވަމުން އަންނަ މީހުންގެ އަދަދަށް ބަލާއިރު، އެއަދަދު ވަރަށް ދަށްވުމަށްފަހު، ދާދި ފަހުން ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ޕާޓީ އަކަށްފަހު އެއަދަދު ވަނީ އިތުރުވާން ފަށާފައެވެ. މިހާރު ކޮވިޑް-19 ގެ އާ ވައްތަރެއް އެހެން ޤައުމުތަކުން ފެންނަމުން ދިޔުމާއި ގުޅިގެން ފަހުން ފައްސިވީ ކްލަސްޓާ އާއި ކޮވިޑްގެ އާ ވޭރިއަންޓާ ގުޅުމެއް ވޭތޯ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!