ޚަބަރު

އޮޅުވެލި ރިސޯޓުގެ ގެސްޓުރޫމެއްގައި އަލިފާން ރޯވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮޅުވެލި ރިސޯޓުގެ ގެސްޓު ރޫމެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އޮޅުވެލި ރިސޯޓުގެ ގެސްޓު ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ ލޯންޗުުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ 00:25 ގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މޭޖަރ އާޒިމް ވިދާޅުވީ ރިސޯޓުގެ ސްޓާފުންގެ މަސައްކަތުން އެރިސޯޓުގައި ރޯވި އަލިފާންގަނޑުގެ 25% 1:00 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ.

އަޕްޑޭޓް: އޮޅުވެލި ރިސޯޓުގެ ގެސްޓްރޫމެއްގައި ރޯވި އަލިފާންގަނޑު، އެރިސޯޓުގެ ސްޓާފުންގެ މަސައްކަތުން 1:40 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އޮޅުވެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިއަލިފާންގަނޑު ރޯވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!