Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

އިންޑިއާ އަދި އޮސްޓްރިއާގެ ޚާރިޖީ ވަޒީރުން ޓެރަރިޒަމާ ދެކޮޅަށް އެއްބަސްވެއްޖެ

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރ އަދި އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެކްސަންޑަރ ޝެލެންބަރގް ވަނީ ޓެރަރިޒަމާ ދެކޮޅަށް "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތެއް ގެންގުޅުމަށް ގޮވާލައްވާފައެވެ. މި ދެ ވަޒީރުން މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ވިއެނާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

ބައްދަލުވުމުގައި، ދެ ޤައުމުގެ ވަޒީރުން ވަނީ ނިއުކްލިއަރ ބްލެކްމެއިލްއާ ދެކޮޅަށް ވެސް ވާހަކަދައްކަވާފައެވެ. އަދި މިފަދަ ނުރައްކާތެރި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ސުލްޙައަށް ނުރައްކަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ. ޖައިޝަންކަރ ވިދާޅުވި ގޮތުގައި، ޓެރަރިޒަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ. އަދި މިކަމާ ދެކޮޅަށް ހުރިހާ ޤައުމުތަކުން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އޮސްޓްރިއާގެ ޚާރިޖީ ވަީ ވަޒީރު ޝެލެންބަރގް ވެސް މި ޚިޔާލާ އެއްބަސްވެ ވަޑައިގަތެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން، ދެ ވަޒީރުން ވަނީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެ ވަޒީރުން ވެސް ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް