ބޮލީވުޑް

އުފާވެރި ޚަބަރެއް! އަނުޝްކާ އާއި ވިރާތުއަށް އަންހެން ކުއްޖަކު ލިބިއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަނުޝްކާ ޝަރްމާ، ވިހައިފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އަނުޝްކާ އާއި އޭނާގެ ފިރިމީހާ ވިރާތު ކޯލީ އަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އަނުޝްކާ ވިހެއީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މީސްމީޑިއާގައި މިކަން އިއުލާނު ކުރަމުން އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ބުނީ، އަނުޝްކާ އާއި އެދެމީހުންގެ ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށާއި މިވަގުތު ދެމަފިރިން ވެސް ބޭނުންވަނީ އަލަށް ފެށުނު ދިރިއުޅުމައިގެން މީޑިއާތަކާއި ދުރުގައި އެކަނި ވަގުތުކޮޅެއް ހޭދަ ކޮށްލަން ކަމަށެވެ.

ވިރާތު އާއި އަނުޝްކާ ކައިވެނި ކޮށްފައިވ ވަނީ 2017 ވަނަ އަހަރު، އިޓަލީގެ ޓަސްކެނީ ގައެވެ. އެދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭ ވާހަކަ އެމީހުން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ.

އޮސްޓްރޭލިއާގައި ކްރިކެޓުގެ ހަތަރު މެޗެއް ކުޅުމަށްފަހު ވިރާތު އެނބުރި ޤައުމަށް ގޮސްފައިވަނީ ވަރަށް ފަހުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އަނުޝްކާ ފިލްމަކުން ދެން ފެންނާނީ މީގެ ހަ މަސްވަރު ފަހުން ކަމަށް ކުރިން އޭނާ ބުނެފައިވާއިރު، ވިރާތު ދެން ކްރިކެޓު މެޗެއް ކުޅެން ދާނީ ފެބްރުއަރީ ގައި އިނގިރޭސިވިލާތަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

  1. ޒަމީރާ

    އޭޑީކޭ ނޫނީ އައިޖީއެމްއެޗް ގައިތަ ވިހެއި، ގޮވާލަން ދާންކަމަށް….

  2. މީހާ

    އެއްވެސް ވަރަކަށް ބޭނުން ޚަބަރެއް ނޫންތީކީ