ކޮވިޑް-19: ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ 24 މުވައްޒަފަކު ފައްސިވެއްޖެ
ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ 20 މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިއަދު ރާއްޖެއިން ފައްސިވީ 50 މީހުންގެ ތެރެއިން 20 މީހުންނަކީ އެރިސޯޓުން ފައްސިވީ މީހުން ކަމަށެވެ.
"މިއަދު ފައްސި ވި 50 މީހުންގެ ތެރެއިން 20 މީހުން ފައްސި ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން. މިރަށުން ފައްސިވެފައިވާ އެންމެންނަކީ ސްޓާފުން." އެޗްއީއޯސީން ބުނެފައިވެއެވެ.
އެޗްއީއޯސީން ބުނެފައި ވަނީ އެރިސޯޓުން މީގެ ކުރިން ވެސް ހަތަރު މުވައްޒަފަކު ފައްސި ވެފައިވާ ކަމަށާއި، މިއަދު ފައްސިވީ މީހުންނާއެކު މިހާރު ޖުމްލަ 24 މުވައްޒަފުން ފައްސި ވެފައިވާ ކަމަށެވެ.
"އެރިސޯޓުން 167 ރޭންޑަމް ސާމްޕަލް ނަގާފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް" އެޗްއީއޯސީން ބުނެފައިވެއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 50 މީހުން ފައްސިވެފައިވާއިރު އިތުރު 29 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 7 މީހުންނާއި އަތޮޅުތެރެއިން 3 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 28 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 14،159 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13،365 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 49 އެވެ.