ދުނިޔެ

ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމުން ބައްދަލު ނުކުރެވޭތީ ރައްޓެހިވެގެން އުޅޭ ދެ ދަރިވަރަކު ފިލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޅަ އުމުރެއްގައި މީހަކާ ރައްޓެހިވުމަކީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް އައު ކަމެއް ނޫނެވެ.ސްކޫލް ދައުރުގައި ހެޔޮނުބައި ވިސްނެން ފަށާއިރަށް ލޯބިވެރިއަކު ނުގެންގުޅޭ ދަރިވަރަކު މަދުވާނޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގެ ވާހަކައެއް ނޫނެވެ. އިންޑިއާގެ ގުޖްރާތުގައި ހިނގި ކަމެއްގެ ވާހަކައެވެ. 

Ads by WAMCO

މިނިވަންކަމާއެކު "ކަޕުލް"އެއްގެ ގޮތުގައި އުޅުމަށްޓަކައި، އިންޑިއާގެ ސުކޫލެއްގައި ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުންދިޔަ ދެ ދަރިވަރުން ފިލައިގެން ގޮސްފި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ 

މި ދެކުދީން ފިލި ނަމަވެސް ގެއްލުނުތާ 13 ދުވަސްފަހުން އިންޑިއާގެ ވާޕީ އިން މިކުދީން ވަނީ ފެނިފައެވެ. އަދި މިދެކުދިން ފިލައިގެން ދިޔައިރު ދެކުދިންގެ ގެއިން ޖުމުލަ ތިރީސްހާސް އިންޑިއާ ރުޕީސް ވަގަށް ނަގާފައިވާ ކަމުގައި ރިޕޯޓްތައް ބުނެއެވެ. 

ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވަނީ އެކުދިން ފިލި ކަމަށް އެކުދިން ބުނީ ސްކޫލްތައް ބަންދު ކުރުމުގެ ސަބަބުން މާރޗް މަހުން ފެށިގެން ބައްދަލު ނުކުރެވޭތީ ކަމަށެވެ. އަދި އެކަކު އަނެކަކު މަތިން މާ ބޮޑަށް ހަނދާން ވާތީ އާއިލާ މީހުންނަށް ފިލައިގެން ދާން ނިންމީ ކަމުގައި ވެސް އެ ދެކުދިން ބުނެފައިވާ ކަމުގައި އިންޑިއާގެ މީޑިއާތައް ބުނެއެވެ.

މި ދެކުދިން ފިލީ 28 ޑިސެމްބަރުގައެވެ.އަދި ފެނުނީ އޭގެ 13 ދުވަސްފަހުން، 10 ޖަނަވަރީގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!