Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕީއެންއެފްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދި ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ވަނީ ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން، ޕާޓީގެ ރައީސާއި ނައިބު ރައީސުންގެ މަގާމަށް ދެ ބޭފުޅަކާއި އަމީންއާންމާއި ރަޖިސްޓްރާ އަދި ޚަޒާންދާރު އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޕީއެންއެފްގެ ސެނެޓަށް 14 މެންބަރަކުވެސް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ. މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހު އިރުއޮއްސި 6 ޖެހުމުގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.

Advertisement
Allied Insurance — Square (box)

ޕީއެންއެފުން ބުނެފައިވާ ގޮތުގައި، ދާއިމީ މަގާމުތަކުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 30ވަނަ ދުވަހުއެވެ. ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އާންމު ޖަލްސާގެ ތެރެއިންނެވެ.

ޕީއެންއެފްއަކީ މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ފަހުން އުފެއްދި ޕާޓީއެވެ. އެ ޕާޓީ އުފައްދާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 25ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ރެކޯޑުތަކުން ދައްކާގޮތުގައި ޕީއެންއެފްގެ ދަފްތަރުގައި މިހާތަނަށް 3046 މެންބަރުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް