Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

442 ވޭޕް ކާޓްރިޖް ހޯދައި، ދެ މީހަކު ޖޫރިމަނާކޮށްފި

442 ވޭޕް ކާޓްރިޖް ހޯދައި، ދެ މީހަކު ޖޫރިމަނާކޮށްފި

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ، މި ތަކެތި ހޯދައިފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްގެން ކަމަށެވެ،

މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާނެކަމަށެވެ.

މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ޑިސެމްބަރ 15، 2024އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް