އޮޅުވެލި ބީޗް ކްލަސްޓާ: އިތުރު 32 މީހުން ފައްސިވެއްޖެ

އޮޅުވެލި ރިސޯޓުން އިތުރު 32 މީހަކު ފައްސި ވެއްޖެއެވެ.
މިއަދު ރާއްޖެއިން ޖުމްލަ 87 މީހަކު ފައްސިވިއިރު، އޭގެ ތެރެއިން 41 މީހުންނަކީ ރިސޯޓުގެ ފައްސިވި މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެއާއެކު އެ ރިސޯޓުން ފައްސިވި މީހުންގެ އަދަދު ވަނީ 59 އަށް އަރާފައެވެ.
ސަންސިޔާމް އޮޅުވެލި ރިސޯޓުން 32 މީހަކު އިތުރަށް ފައްސިވިއިރު މުޅިން ވެސް ފައްސިވެފައި ވަނީ އެރިސޯޓުގެ ސްޓާފުންނެވެ.
މީގެ ކުރިން ވެސް އެ ރިސޯޓުން 24 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 20 މީހަކު ފައްސިވެފައި ވަނީ މީގެ ފަސް ދުވަސް ކުރިންނެވެ.
މި މީހުން ފައްސިވުމާ ގުޅިގެން އެރަށުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވެއެވެ.
ފަހަކަށް އައިސް ރިސޯޓުތަކުގައި ފައްސިވާ މުވައްޒަފުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.