11 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައިފި

11 މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއް ރ.ކަނދޮޅުދޫ ހުޅަނގު ދެކުނުގައި އޮތް ފަރަކަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ރ.ދުވާފަރުގެ “ހިތްވަރު” ނަމަކަށް ކިޔާ ދޯންޏެއް ކަނދޮޅުދޫ ހުޅަނގު ދެކުނުގައި އޮތް ފަރަކަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓު ގާޑުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ދޯނި ފަރަށް އެރުމާއެކު ދޯނީގެ އިންޖީނު ރޫމް އިން ދިޔަވާކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 20:12 ހާއިރުއެވެ.