ޚަބަރު

ރިސޯޓުތަކުގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްއީއޯސީ އިން ޚާއްސަ މަޝްވަރާއަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ކޭސްތައް ރިސޯޓުތަކުގައި އިތުރު ވަމުންދާތީ ، ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

Ads by MWSC

އެޗްއީއޯސީ އިން ބުނެފައިވަނީ މި މަސައްކަތް ފަށާފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާއެކު ކަމަށެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދުވަސްވަރު ރިސޯޓުތަކުން ޕޮޒިޓިވް ކޭސް ފެންނަމުންދާ މިންވަރު އިތުރު ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރިސޯޓުތަކުން ގިނައިން ޕޮޒިޓިވްވަމުން ދަނީ އެރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި އައުޓްބްރޭކް އައިސްފައިވާ ރިސޯޓުތަކާއި، އެހެން ރިސޯޓުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރިސޯޓުތަކުން 28 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ. ޑރ.ނަޒްލާ ވިދާޅުވީ މިހާރު ބަލި ފެތުރޭ ގޮތް ދެނެގަތުމާއި، އިތުރަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ގިނަ މަޝްވަރާތައް ޓޫރިޒަމް މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!