އެކުވެރިޔާއެވެ. ތިބާގެ މަންމަ ރޮނީއެވެ. ފޭސްބުކުގައި ތިބާއަށް ތައުޒިޔާގެ މެސެޖުތައް އޮހެނީއެވެ.
އިންސާނެއްގެ ޙަޔާތުގައި އަންނާނެ އެންމެ ހިތާމަވެރި ދުވަހަކީ އެންމެ ގާތް އެކުވެރިޔާ ތިބާ ދޫކޮށް މި ފަނާވަނިވި ދުނިޔެއިން އަލްވަދާއު ކިޔުމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެތައް ހަނދާންތަކަކާއި އެތައް ވާހަކަތަކެއް ދެކެވިފައިވާ ތިބާގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ތިބާގެ އެއް އަތް ކަމުގައި ދެކިގެން އެއްތަށިން ކައި، އެތައް ކަމެއް އެކުގައި ކޮށްއުޅުނު ޒަމާންވީ ރަހުމަތްތެރިޔާ ގެއްލުމެވެ.
ތިބާގެ ޙަޔާތުގައި އުއްމީދުގެ ހުޅުކޮޅު ދިއްލާ، އެތައް ކަމެއްގައި އަބަދުވެސް ދެގޮތެއް ނުވެ އެކުއެކީގައި އުޅުނު ގާތް އެކުވެރިޔާ ގެއްލުމުން، އެކުރާ ވޭނީ އިހުސާސްތައް ގަލަމަކުންނުވަތަ އެހެން ގޮތަކުން ވެސް ބަޔާން ކުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. ލޮލުން ފައިބަމުންދާ ކޮންމެ ކަރުނަ ތިއްކަކާއެކު އެ އެކުވެރިޔާގެ ހަނދާންތައް އާވެ ތާޒާ ވަމުން ދާނެއެވެ. އެހެނަސް ގާތުގައި ފެންނާކަށް ނުހުންނާނެއެވެ.
އެދުވަހުން ތިބާ ހިތަށް އަރާނެއެވެ. އެންމެ ފަހަރަކު ނަމަވެސް ފެނިލަން ފުރުސަތެއް ލިބޭނެ ނަމައެވެ. ހީސަމާސާކޮށް މާޒީ ހަނދާން ކޮށްލަން އެކުގައި ވަގުތު ހޭދަކުރުމުގެ ހަމައެންމެ ފުރުސަތެއް ވެސް ލިބޭނެނަމައެވެ. އެ އެކުވެރިޔާއާއެކު ޖެހިހާ ސަކަރާތެއް އަލުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތެއް ލިބޭނެނަމައެވެ. އެހެންނަމަވެސް ވަގުތު ފާއިތު ވުމުންދެން އެ އެކުވެރިޔާއަށް ހެޔޮ ދުޢާ ކުރުން ނޫން ގޮތެއް ނޯންނާނެއެވެ.
އެންމެ ލޯބިވާ އެކުވެރިޔާގެ އެ ފަހު ވަގުތު، އެންމެ ފަހު ފަހަރަށް މޫނު ދެކިލަން އެލިބޭ ފުރުސަތުގައި، ތިބާހެ ހިތް އެތައް ޝަކުވާތަކެއް ކުރަމުން ދާނެއެވެ. އެތައް ސުވާލުތަކަކުން ތިބާގެ ހިތް ބޮއްސުން ލަމުން ދާނެއެވެ. ހީވާނެ ކަހަލައެވެ. އެއީ ހުވަފެނަކަށް ވާނެނަމައެވެ. އަހަރެންގެ އެކުވެރިޔާ އަހަރެން ހޯދަން އަހަރެންގެ ގެއަށް މާދަން އަންނާނެއެވެ. އަހަރެންގެ ފޯނަށް އޭނާ ގުޅާނެއެވެ. ނަމަވެސް، ދެން އެކޯލުތަކެއް ނާންނާނެއެވެ. އަހަރެން ހޯދާކަށް އަހަރެންގެ އެ އެކުވެރިޔާ މިގެއަކަށް ދެނެއް ނާންނާނެއެވެ.
އެކުވެރިޔާއެވެ. މަންމަމެން ރޮނީއެވެ. ރައްޓެހިން ސަހަރާ ދޮށަށް އެއްވެ އެތިބީ އެކުވެރިޔާގެ މޫނު ބަލަން އައިސްފައެވެ. މުޅި ފޭސްބުކުގައި އެކުވެރިޔާއަށް ތައުޒިޔާގެ މެސެޖުތައް އޮހެނީއެވެ. މިހުރިހާ މަންޒަރު ވެސް އެކުވެރިޔާއަށް އަހަރެން ދައްކަން ބޭނުމެވެ. އެހެނަސް ކުރާނީ ފަހެ ކީއް ހެއްޔެވެ؟ އެފަކީރު އެވަނީ ފަސްގަނޑު ދަށަށްލާ ފަސްލެވިފައެވެ. ސައިކަލުގައި ފިނިބުރުތައް ޖަހައި، އެކުގައި ކޮފީތަކަށް ގޮސް އަދި އެތައް ވާހަކަތަކެއް ހިއްސާ ކުރެވުނު މަގޭ އެންމެ ގާތް އެކުވެރިޔާ މި ދުނިޔެ ދޫކޮށް ގޮސްފިއެވެ. ހިތް ގަބޫލު ކުރަންކިތަންމެ ބޭނުން ނުވި ނަމަވެސް އެއީ ހަގީގަތެވެ. މިއަދު އަހަރެންގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ހޯސް ލައިފައި ފޭބި ކަމުގައި ވީ ނަމަވެސް އެ އެކުވެރިޔާ މި ކަރުނަތައް ފޮހެދޭކަށް ދެނެއް ނާންނާނެއެވެ.
އެ އެކުވެރިޔާގެ މޫނު އަޅާ މަންޒަރާއި، ސަންދޯކަށް ލައި ބަންދުކޮށް ފަސްގަނޑު ދަށަށް ލައި ފަސް އަޅާ މަންޒަރަކީ ދުވަހަކުވެސް ދެކެން ބޭނުންވި އަދި ހިތަށް ވެސް އެރުވި މަންޒަރެއް ނޫނެވެ. “ކޮންމެ މީހަކުވެސް ދުނިޔެ ދޫކޮށް ދާން ޖެހޭނޭ” އެ އެކުވެރިޔާ އަހަރެން ގާތުގައި ބުނާ އަޑު މިހާރުވެސް އިވޭ ކަހަލައެވެ. ދިން ހެޔޮ ނަސޭހަތްތައް އަބަދުވެސް ހަނދާން ވާނެއެވެ. ދެމީހުން އެއްކޮށް ހިއްސާ ކުރިހާ ސިއްރުތައް އަބަދުވެސް ހިތުގައި ވާނެއެވެ. އެ ހަނދާންތައް އަހަރެން އަބަދުވެސް އައު ކުރާނީ ހިނިތުންވެ ހުރެކަން އަހަރެންއެ އެކުވެރިޔާ ގާތުގައި ބުނީމެވެ. އަދި ކަންތައް ކުރާނީ ވެސް އެހެންނެވެ. އެއީ އަހަރެންގެ ދެގޮތެއް ނުވާ އެންމެ ގާތް އެކުވެރިޔާއެވެ. އަބަދުވެސް މިހިތުގައި އެ އެކުވެރިޔާގެ ނަން ބިންވަޅު ނެގިފައިވާނެކަން ޔަގީނެވެ.
ކޯންއެއްޗެއް ހާސިލް ވީި