ބޮލީވުޑް

މައިންބަފައިންނަށް ވީފަހުން، ފުރަތަމަ ފަހަރަށް އަނުޝްކާ އާއި ވިރާޓު ކެމެރާތައް ކުރި މައްޗަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑް ގެ "ޕަވަރ ކަޕްލް" އަނުޝްކާ ޝަރްމާ އާއި ވިރާޓު ކޯލީ، ދާދި ފަހުން ވަނީ މުޅި އިންޑިއާ ވެސް ފާހަގަ ކުރި އުފާވެރި ޚަބަރެއް ދީފައެވެ.

Ads by MWSC

މިމަހުގެ 11 ވަނަ ދުވަހު އަނުޝްކާ އާއި ވިރާޓު އަށް އަންހެން ދަރިއަކު ލިބުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެދެމަފިރިންނަށް މަރުޙަބާ ކިޔަމުން ދިޔައެވެ.

މީގެއިތުރުން އެއް ބަޔަކު ދިޔައީ އަނުޝްކާ އާއި ވިރާޓު ގެ ދަރިފުޅުގެ ފޮޓޯ ކަމަށް ބުނެ ކޮންމެވެސް ތުއްތު ކުއްޖެއްގެ ފައިތިލައިގެ ފޮޓޯ އަކާއި، އިޝްތިހާރެއްގެ މަންޒަރެއް ވެސް މީސް މީޑިއާ ގައި ދައުރު ކުރަމުންނެވެ.

އެއީ އަނުޝްކާ އާއި ވިރާޓުގެ ދަރިފުޅުގެ ފޮޓޯ ނޫން ކަމަށް ބުނެ ވިރާޓުގެ ކޮއްކޮ ވަނީ އެފޮޓޯތައް ދައުރު ނުކުރުމަށް އެދިފައެވެ. އަދި އެދެމަފިރިން މިވަގުތު އެކަހެރި ވަގުތުކޮޅެއް ހޭދަ ކުރަން ބޭނުންވާތީ، އެމީހުންގެ ނިންމުމަށް އިޙްތިރާމް ކުރަން ވެސް އާއިލާގެ ފަރާތުންނާއި ވިރާޓު ވެސް ވަނީ އެދިފައެވެ.

ދަރިއަކު ލިބުނު ފަހުން ފުރަތަމަ ފަހަރަށް މިއަދު ވިރާޓު އާއި އަނުޝްކާ ވަނީ މީހުންގެ ތެރެއަށް ނިކުމެފައެވެ.

ނަމަވެސް ހުރިހާ އެންމެން ވެސް ދެކިލަން އިންތިޒާރު ކުރަމުންދާ، އެދެމަފިރިންގެ ދަރިފުޅު އެމީހުންނާއެކު އެވަރުން ވެސް ފެނިފައެއް ނުވެއެވެ.

ވިރާޓު އާއި އަނުޝްކާ ވެސް ވަނީ އެމީހުންގެ ފޮޓޯ ނަގަން ރިޕޯޓަރުންނަށް ފުރުސަތު ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!