ކުޅިވަރު

ބުންޑަސްލީގާ ކާމިޔާބުކުރުމަށް ބަޔާނަށް މިހާރު ބޭނުންވަނީ އެންމެ މޮޅެއް

ދެން އެމްވީ ، ދެން އޮންލައިން

ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށް ޖަރުމަން ބުންޑަސް ލީގާ ކާމިޔާބުކުރުމާއި އެންމެ މެޗަކާ ކައިރިއަށް ބަޔާން މިޔުނިކް ޖެހިލައިފިއެވެ.

Ads by Sosun Fihaara

ޖަރުމަން ލީގު ޖެހިޖެހިގެން އަށް ވަނަ ފަހަރަށް އުފުލާލުމާއި ކަރިއިއަށް ބަޔާން ޖެހުނީ 2-1އިން ބޮރޫޝިޔާ މޮންޗެންގްލެޑްބަކް ބަލިކޮށްގެންނެވެ. މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ޖަހައި ޒުވާން ކުޅުންތެރިޔާ ޔޯޝުއާ ޒާކްޒީ ލީޑް ނަގައިދިން ނަމަވެސް އޭގެ 11 މިނިޓް ފަހުން ބެންޖަމިން ޕަވާޑް އަތުން ބައިކޮޅަށް ވަން ލަނޑުން ނަތީޖާ އެއްވަރުވިއެވެ. މެޗުން ބަޔާން މޮޅޫވީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލިއޯން ގޮރެޓްޒްކާ ޖަހައިދިން ގޯލުންނެވެ.

ޖަރުމަން ބުންޑަސް ލީގާ ކާމިޔާބުކުރަން ބަޔާނަށް ބޭނުންވަނީ އެންމެ 3 ޕޮއިންޓެވެ. އެޓީމް އަންގާރަ ދުވަހުގެރޭ ވާޑާ ބްރޭމަންއާއި ދެކޮޅަށް ނިކުންނާނެއެވެ. އަނެއްކޮޅުން ލީގުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ ތިން މެޗެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 73 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި ވާދަވެރި ޑޯޓްމަންޑް އޮތީ 66 ޕޮއިންޓާއިއެކުގައެވެ. އެޓީމްވަނީ ފޯޗޫނާ ޑުސެލްދޯފް އަތުން މޮޅުވެފައެވެ. މި މެޗުގައިއެޓީމްގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އާލިން ހާލަންޑެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!