Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

މި ސީޒަން ނިންމާލުމަށްފަހު ޑޭވިޑް ސިލްވާ ދާނީ ޤަތަރު ލީގަށް

މި ސީޒަން ނިންމާލުމަށްފަހު ޑޭވިޑް ސިލްވާ ދާނީ ޤަތަރު ލީގަށް

މެންޗެސްޓަރ ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާ މި ސީޒަން ނިމާލުމަށްފަހު ދާން ނިންމާފައިވަނީ ޤަތަރު ލީގަށް ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނަން ފަށައިފިއެވެ.

34 އަހަރުގެ މިޑްފިލްޑަރ ސިޓިއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ޖޫން 30ގައި ހަމަވާނެއެވެ. ކޯވިޑް-19ގެ ސަބަބުން ލީގު ދިގުލައިގެން ދާނެތީ މިހާރު ސިޓީން އަންނަނީ ސީޒަން ނިމެންދެން ކޮންޓްރެކްޓް އިތުރުކުރަން ނިންމާފައެވެ. ސިލްވާވަނީ މި ސީޒަން ފެށުމުގެ ކުރިން މިއީ އޭނާ އެކުލަބަށް ކުޅޭނެ ފަހު ސީޒަންކަމަށް ބުނެފައެވެ.

ކުރިން ބެލެވިފައި އޮތީ ޑޭވިޑް ސިލްވާ ސީޒަން ނިމުމުގެ ކުރިން ދާން ނިންމާފައިވަނީ އެމެރިކާ ލީގަށް ނުވަތަ ސްޕެނިޝް ލަލީގާއަށް ކަމަށެވެ. ނަމަވެސް މިހާރު އޭނާ ވިސްނުން ބަދަލުކޮށްފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

Advertisement
Ooredoo — Square (box)

ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުން ޤަތަރުގެ އަލް ދުހެއިލްއަށް ގުޅުމާއި ގުޅޭގޮތުން ސިލްވާގެ އޭޖެންޓުންވަނީ މަޝްވަރާތައް ފަށާފައެވެ. އަދި މިއީ ވުން ގާތްކަމެއްކަމަށް ބެލެވެއެވެ. ސަބަބަކީ ސްޕެއިންގެ ކުރީގެ ތަރި ޒަވީވެސް ޤަތަރުގައި ހުރުމެވެ. އަދި ޤަތަރަށް ދިޔުމާއި ގުޅޭގޮތުން ޒަވީވެސް ސިލްވާއާއި ވާހަކަދައްކާފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

ސްޕެއިންގެ ވެލެންސިޔާއިން މެންޗެސްޓަރ ސިޓީއަށް ސިލްވާ ބަދަލުވީ 2010ވަނަ އަހަރު 24 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެކުލަބާއިއެކު ހަތަރު ފަހަރު ޕްރިމިއަރ ލީގު، ދެ ފަހަރު އެފްއޭކަޕް އަދި ފަސް ފަހަރު ލީގު ކަޕް އޭނާ ހޯދިއެވެ.

ސިލްވާއަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައިވެސް އެ ލީގުގައި ކުޅުނު އެންމެ ކާމިޔާބު ސްޕެއިން ކުޅުންތެރިޔާއެވެ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް