ޚަބަރު

މޭޔަރު ޝިފާއަށް ކާރު އެލަވަންސާއެކު މުޅި ޖުމްލަ 47،500 ރުފިޔާ މަހަކު ލިބޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުޙަައްމަދުގެ ކާރު އެލަވަންސަށް އަހަރަކަށް 90،000 ރުފިޔާ، ދައުލަތުގެ ފައިސާއިން ބޭނުން ކުރާކަން ހާމަ ވެއްޖެއެވެ.

Ads by MWSC

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މައުލޫމާތު ހޯދުމަށް އާންމު ފަރާތަކުން ހުށަހެޅުމުން، އެ މައުލޫމާތުތައް ހާމަކުރުމަށް ފުރަތަމަ ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ އެންގެވުމަކަށް އެ މައުލޫމާތުތައް ވަނީ އިއްޔެ އާންމު ކޮށްްފައެވެ.

އެގޮތުން މާލެސިޓީ ކައުންސިލުން އާންމުކުރި ތަފާސްހިސާބުން ހާމަވާ ގޮތުގައި ކޮންމެ މަހަކު އެ ތަނުގެ މުވައްޒަފުންނަށް 3،462،942.60 ރުފިޔާ މުސާރައިގެ ގޮތުގައި ދައުލަތުން ދޫކުރެއެވެ.

ޖުމްލަ 524 މުވައްޒަފުން މަސައްކަތް ކުރާ އެއިދާރާގައި އެންމެ ބޮޑު މުސާރައެއް ލިބެނީ މޭޔަރު ޝިފާއަށްކަން ވެސް ވަނީ ހާމަވެފައެވެ. އެގޮތުން މޭޔަރު ޝިފާގެ މުސާރައަށް މުޅި ޖުމްލަ 47،500 ރުފިޔާ ލިބެއެވެ. އެއީ އާންމު މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 30،000 ރުފިޔާއާއި، ލިވިން އެލެވެންސެއްގެ ގޮތުގައި ލިބޭ 10،000 ރުފިޔާގެ އިތުރުން ކާރު އެލެވެންސްގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 7500 ރުފިޔާއެވެ.

މާލެ ސިޓީ ކައުންސިލުން މޭޔަރު ޝިފާގެ އިތުރުން ދެން އެންމެ ބޮޑު މުސާރަ އަދި އިނާޔަތްތައް ލިބެނީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފަށެވެ. އޭނާގެ މުސާރައާއި އިނާޔަތްތަކާއެކު މަހަކު މުޅި ޖުމްލަ 35،000 ރުފިޔާ ލިބެއެވެ. ކައުންސިލް މެމްބަރުންނަށް ލިބެނީ 30،000 ރުފިޔާގެ މުސާރަ އެކެވެ.

  1. ކކކކ

    ސާބަހޭ ކަދުރުކަޅުދައްތާ!