ފޮޓޯ ސްޓޯރީ: ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި


މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ އެމްޓީސީއިން. ދެން އިމޭޖްސް/މުޙައްމަދު ސަނީޙް

އެމްޓީސީސީ އިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 26 ޖޫން 2019ގަ -- ދެން އިމޭޖްސް/މުޙައްމަދު ސަނީހް

މި މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3.5 ކިލޯ މީޓަރު ހުންނަ 12 މަގު ތަރައްގީކުރާނެ -- ދެން އިމޭޖްސް/މުޙައްމަދު ސަނީޙް

އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރޭގައި ހިމެނޭ -- ދެން އިމޭޖްސް/މުޙައްމަދު ސަނީޙް

އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެއް -- ދެން އިމޭޖްސް/މުޙައްމަދު ސަނީޙް

ފޮނަދޫގެ މަގުތަކުގައި ދެވަނަ ފިޔަވަހީގައި ތާރު އެޅުމަށްވަނީ ނިންމާފަ. -- ދެން އިމޭޖަސް/މުޙައްމަދު ސަނީޙް

ދެވަނަ ފިޔަވަހީގެ ދަށުން 3.64 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ -- ދެން އިމޭޖަސް/މުޙައްމަދު ސަނީޙް

އެއްބަސްވުމުގައި ސޮއިކުރާތާ 390 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 53.99 މިލިއަން ރުފިޔާ -- ދެން އިމޭޖްސް/މުޙައްމަދު ސަނީޙް