ޚަބަރު

ކޮވިޑް-19: ކަރަންޓީނާ ޚިލާފުވި ބަޔަކު ތިމަރަފުށިން ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ. ތިމަރަފުށީގައި ކަރަންޓީނާ ޚިލާފުވި ބަޔަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ތިމަރަފުށި ކައުންސިލުގެ ނައިބު ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މިއަދު އެރަށުން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އެމީހުން ފައްސި ވެފައި ވަނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަ ކުރުމަށް ފަހު ނެގި ސާމްޕަލުން ކަމަށެވެ. އަދި އެމީހުން ކަރަންޓީނާ ހިލާފު ވެފައިވާ ކަމަށް ވެސް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.

އަހުމަދު އިބްރާހިމް ވިދާޅުވީ، ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ފައްސިވުމާއެކު އެމީހުން ކަރަންޓީނާ ހިލާފުވި މަންޒަރު ފެނިގެން މީހުން ބުނަމުން އަންނަ ކަމަށެވެ.

އެގޮތުން އެމީހުންނަށް ގޮވާލަން ދިޔަ ބަޔަކާ ތަންކޮޅެއް ގައިގޯޅިވި ކަމަށާއި އެހެންކަމުން އެމީހުން ފައްސިވުމާއެކު ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ. އަދި އެއަށް ފަހު ސާމްޕަލް ނެގުމުގެ ކަންކަން ވެސް ކުރިއަށްދާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!