ޚަބަރު

ޕާޓީއަކަށް ދިޔަ ދަރިވަރުންތަކެއް ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕާޓީއަކަށް ދިޔަ ސްކޫލް ދަރިވަރުންތަކެއް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by STELCO

"ޖަޒީރާ ސައްލާ" ޕްރޮގްރާމުގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މިއަދު ވިދާޅުވީ ސްކޫލްތަކުގައި ކޮވިޑަށް ފައްސިވާ ކޭސްތައް ގިނަވަމުން އަންނައިރު، އެސްކޫލުތަކުގައި ދަރިވަރުން ފައްސިވާ ގޮތް އެނގެން ނުހުންނަ ކަމަށެވެ. އަދި ސްކޫލްތަކުގައި ފައްސި ކޭސްތައް ގިނަ ވަނީ އެސްކޫލެއްގެ ތެރެއިން ނޫންކަން ވެސް ޑރ. ނަޒްލާ ފާހަގަ ކުރައްވާފައި ވެއެވެ.

"މިއަދު އަޅުގަނޑު ބަލާލިއިރުގައި އެއް ސްކޫލްގެ އެއް ކްލާހެއްގެ ވަރަށް ގިނަ ކުދިން ފައްސިވެފައި އެބަ ތިބި، އެކަމަކު މީތި ރަނގަޅަށް ބަލާލިއިރުގައި މިއީ ކްލާސް ތެރެއިންނެއް ނޫން، ކޮންމެވެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިފަދައިން ދަރިވަރުންތަކެއް ފައްސި ވެފައިވަނީ ކޮން ސްކޫލަކުން ކަމެއް ޑރ. ނަޒްލާ ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެސްކޫލުގައި އަޅާފައިހުރި ފިޔަވަޅުތައް ހުރީ ރަނގަޅަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!