ކުޅިވަރު

އެނގޭތަ؟ ރެއާލްގެ ކޯޗުގެ ގޮތުގައި ހޭދަަކުރި ކޮންމެ 20މެޗަކަށް ތައްޓެއް ޒިދާން އަތުގައި އެބައޮތް!

ދެން އެމްވީ ، ދެން އޮންލައިން

ކޯޗު ޒިނެދީން ރެއާލް މެޑްރިޑަށް 200 މެޗުގައި އިރުޝާދުދީފައިވާއިރު، އޭނާއަކީ ކުލަބުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް ކޯޗެވެ. ކޯޗެއްގެ ގޮތުގައި މިހާތަނަށް އޭނާވަނީ 10 ތަށި އެޓީމާއިއެކު އުފުލާލާފައެވެ. އެހެންކަމުން ރެއާލްއަށް އިރުޝާދު ދިން ކޮންމެ 20 މެޗަކަށް ތައްޓެއް އޭނާގެ އަތުގައި އެބައޮތްވެ.

Ads by STELCO

2016ގައި އެޓީމަށް ކޯޗުކަންކޮށްދޭން ފެށި ޒިދާންވަނީ 2018ގައި އެމަގާމާއި ދުރަށް ގޮސްފައެވެ. އޭގެ ފަހުން އޭނާ ކުލަބާއި ހަވާލުވީ މިދިޔަ އަހަރުގެ މާޗްމަހުގައެވެ.

އޭނާ އެކުލަބާއިއެކު ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލަލީގާ އެއް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން 3 ފަހަރު އަދި ދެ ފަހަރު ޔުއެފާ ސުޕަކަޕް ކާމިޔާބުކުރުން ހިމެނެއެވެ. މީގެ އިތުރުން ސްޕެނިޝް ސުޕަ ކަޕާއި، ފީފާ ވަރލްޑްކަޕްވެސް ދެފަހަރު އޭނާވަނީ އެކުލަބަށް ހޯދައިދީފައެވެ.

ޒިދާން ރެއާލް މެޑްރިޑަށް އިރުޝާދުދިން 200ވަނަ މެޗުގައި އެޓީމު ނިކުތީ އެއިބާއާއި ދެކޮޅަށެވެ. ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ރެއާލުން ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ 3-1އިންނެވެ. މެޗުގައި ރެއާލްގެ ލަނޑުތައް ޖަހައިދިނީ ޓޮނީ ކްރޫސް، މާސެލޯ އަދި ސާޖިއޯ ރާމޯސްއެވެ. މި މެޗު ކުޅުނީ ރެއާލްގެ ޓްރެއިނިން ދަނޑު ކަމަށްވާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައެވެ.

މި މޮޅާއިއެކު ރެއާލް ވަނީ ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ދެމެދު އޮތް ފަރަގު 2 ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސެލޯނާ އަށް 61 ޕޮއިންޓް ލިބިފައިވާއިރު ރެއާލް އޮތީ 59 ޕޮއިންޓާއިއެކުގައެވެ.

ކޯޗު ޒިދާނަކީ ރެއާލްގެ ޒަމާންވީ ތާރީހުގައި އެ ޓީމަށް 200 މެޗުގައި އިރުޝާދުދިން ތިން ވަނަ ކޯޗެވެ. 200 މެޗު ހަމަކޮށްފައިވާ އަނެއް ދެ ކޯޗުންނަކީ ވިސެންޓޭ ޑެލް ބޮސްކޭ އާއި މިގޭލް މުނޯޒްއެވެ. ޑެލް ބޮސްކޭ ވަނީ 246 މެޗުގައި ރެއާލަށް ކޯޗުކޮށްދީފައެވެ. މުނޯޒްވަނީ 605 މެޗުގައި އެ ޓީމަށް ކޯޗުކޮށްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!