ކުޅިވަރު

32 ކުޅުންތެރިންނާއިއެކު ޖުލައި 4ގައި ޤައުމީ ޓީމްގެ ޕްރެކްޓިސް ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އެއްވެސް ކުޅުންތެރިޔަކު އުނިނުކުރާ ކަމަށާއި އަންނަ މަހު ހަތަރު ވަނަ ދުވަހު 32 ކުޅުންތެރިންނާ އެކު ޤައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށަންނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

Ads by MWSC

އެފްއޭއެމުން މިހެން ބުނެފައިވަނީ މިދިޔަ ހަފްތާގައި ޤައުމީ ޓީމްގެ ސްކޮޑު މަދުކޮށްފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ. އަދި ފައިނަލްކޮށްފައިވާ 25 ކުޅުންތެރިންގެ ލިސްޓެއް އާންމުވެފައިވަނިކޮށެވެ.

އެފެއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ޤައުމީޓީމުގެ އާއްމުވި ލިސްޓަކީ ރަސްމީ ލިސްޓެއް ނޫން ކަމަށާއި، ޤައުމީ ޓީމުން އެއްވެސް ކުޅުންތެރިއަކު ބާކީކޮށްފައިނުވާނެކަމަށެވެ. އަދި ވައިބާ ގްރޫޕެއްގައި ދައުރުވި ލިސްޓަކީ ޓީމްގެ އިދާރީކަމެއްގައި ތައްޔާރުކުރި ލިސްޓެއްކަމަށާއި، އެ ވައިބާ ގްރޫޕަކީ ރަސްމީ ގްރޫޕެއް ނޫންކަމަށެވެ. އަދި އެ ލިސްޓަކީ ކުޅުންތެރިންނަށް ސަރުކާރުން ދޭން ނިންމާއިފައިވާ އެލަވަންސް ދިނުމާއި ގުޅޭގޮތުން އެކުލަވާލެވުނު ލިސްޓެއްކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީސުޒޭން ބުނީ ސަރުކާރުން ދޭ އެލަވަންސް ލިބެނީ 23 ކުޅުންތެރިންނަށް ކަމަށާއި އެ އަށް ވުރެން ގިނަ ކުޅުންތެރިންސްކޮޑުގައި ތިބުމާއިއެކު ކުޅުންތެރިން ރޮޓޭޓްކުރުމުގެ ވިސްނުމެއް ގެންގުޅޭކަމަށެވެ. އޭނާ ބުނީ މިކަހަލަ އުނދަގޫ ހާލަތެއްގައިވީހާވެސް ގިނަ ކުޅުންތެރިންނަށް ފައިދާ ކުރާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

ޤައުމީ ޓީމްގެ ޕްރެކްޓިސްއާއި ގުޅޭގޮތުން އެފްއޭއެމުން ބުނީ 32 ކުޅުންތެރިންނާއިއެކު އަންނަ މަހު 4ވަނަ ދުވަހު ޤައުމީ ޓީމްގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާކަމަށާއި، ޕްރެކްޓިސްކުރާނީ ދެ ގްރޫޕަކަށް ބަހާލައިގެންކަމަށެވެ. އެއީ ސިއްހީ ފަރާތްތަކުންކޮވިޑް-19 އިން ރައްކާތެރިވެ ތިބެ ކުރިއަށްދާން ދީފައިވާ ލަފަޔާއިއެއްގޮތަށް ޕްރެކްޓިސް ކުރިއަށް ގެންދިޔުމުގެ ގޮތުންކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 32 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެމުހައްމަދު އިރުފާން (އިރޭއިބްރާހިމް މަހުދީ (ފޭދޫ އިއްބެއިބްރާހިމް އައިސަމް، ހަމްޒާމުހައްމަދު (ހަމްޕުހުސެން ޝަރީފް (ހުސެންހުސައިންނިހާން (ނިހާޓްއާދަމް ނިޒާމް (ކިތުނާނާއިޒު ހަސަން(ދާދުއިބްރާހިމް ވަހީދު ހަސަން (އިއްބެމުޖުތާޒް މުހައްމަދު(މުޖޭ)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭއަކުރަމް އަބްދުލް ގަނީ (އަކޫއަހުމަދު ރިލްވާން (ބެންއިސްމާއިލް އީސަ (މެސީއަލީޝާމިސް (ތޮއްޕޭއިޝާން އިބްރާހިމް (ސައްޓު)

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓްއިމްރާން ނަޝީދު(އިންމައަހުމަދު ރިޒްވާން (ރިޒޭހުސެއިން ސިފާއު (ކުރޯހަސަން ރާއިފް އަހުމަދު (ހަންނައަލީ ފާސިރު (ސެންޓޭހަސަން ނަޒީމް (ޗޯޓުރިހާމް އަބްދުލް ގަނީ (ބޮބީ)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާއަބްދުﷲ ޔާމީން(ޔާންމުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކްމުހައްމަދުސާއިފް

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަހުނަފު ރަޝީދު

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!