ކޮވިޑް-19: ދިއްދޫ ވެސް މޮނިޓަރިން އަށް

މީހުން އަރައި ފޭބުން މަނާ ވާ ގޮތަށް ހއ. ދިއްދޫ މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.
ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެގޮތުން އެޗްޕީއޭއިން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ދަށުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.