ޚަބަރު

ތުރުކީން އާޖެންޓީނާގެ މުސްލިމުންނަށް 7000 މުސްހަފް ހަދިޔާ ކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ތުރުކީން އާޖެންޓީނާގެ މުސްލިމުންނަށް ކީރިތި ޤުރުއާންގެ 7000 މުސްހަފް ހަދިޔާ ކޮށްފިއެވެ.

Ads by Hajj Corporation

ތުރުކީއާއި އާޖެންޓީނާއާ ދެމެދު އޮންނަ އެކުވެރިކަމާ ްެއެއްބައިވަންތަ ކަމުގެ ރަމްޒެއްގެ ގޮތުން ތުރުކީން ފޮނުވި ހަދިޔާއާ ހަވާލުވީ އާޖެންޓީނާގެ އިސްލާމީ މަރުކަޒުންނެވެ. އެކަމަށް ޓަކައި އިއްޔެގެ ހުކުރު ނަމާދަށް ފަހު ވެރިރަށް ބުއެނޮސް އައިރެސްގެ އަލްއަޙްމަދު މިސްކިތުގައި ޚާއްޞަ ހަފްލާއެއް ވެސް ވަނީ ބާއްވާފައެވެ.

ތުރުކީން ފޮނުވި ހަދިޔާގެ ތެރޭގައި 7000 މުސްހަފްގެ އިތުރުން ޤުރުއާން ތަރުޖަމާއާއި ޤުރުއާން އުނގެނުމަށް ބޭނުން ކުރާ ފޮތްތަކާއި ޙަދީޘް ފޮތްތައް ވެސް ހިމެނެއެވެ.

އާޖެންޓީނާގައި މުސްލިމް އާބާދީއަކީ އެންމެ ކުޑަ އާބާދީއެވެ. 45 މިލިއަނެެއްހާ މީހުންގެ އާބާދީގެ ތެރޭގައި މުސްލިމުންނަކީ މިލިއަނެއްހާ މީހުންނެވެ. ނަމަވެސް ލެޓިން އެމެރިކާ ގައުމުތަކުގެ ތެރެއިން މުސްލިމުން އެންމެ ގިނައީ ވެސް އާޖެންޓީނާގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!