ބޯކޮށް ވާރޭ ވެހި ކުޑަހުވަދޫގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ދ. ކުޑަހުވަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވަނީ އެރަށުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދ.ކުޑަހުވަދޫއަށް ރޭގައި ކުރި ވިއްސާރައިގައި އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި، ގުޅިގެން، ފެން ހިއްކުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑް ކުޑަހުވަދޫ ޕޯސްޓުގެ ސިފައިން ކުރަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ނ. އަތޮޅުން ފެށެގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.