Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ކުޅިވަރު

ކޮޕަ އިޓާލިއާ ފައިނަލުން ޔުވެންޓަސް ބަލިވުމުން ރޮނާލްޑޯގެ ދައްތައަށް ގޯސްވީ ކޯޗު

ކޮޕަ އިޓާލިއާ ފައިނަލުން ޔުވެންޓަސް ބަލިވުމުން ރޮނާލްޑޯގެ ދައްތައަށް ގޯސްވީ ކޯޗު

މިދިޔަ ބުދަ ދުވަހުގެރޭ ކޮޕަ އިޓަލިއާ ފައިނަލުން ޔުވެންޓަސް ބަލިވީ މާ އެދެވޭ ކުޅުމެއް ނުދެއްކިއެވެ. ނަޕޯލީ އަތުން ޕެނަލްޓީޖަހައިގެން އެޓީމް ބަލިވިއިރު، މުޅި މެޗުގައިވެސް ޔުވެންޓަސް ނުރައްކާތެރި އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ.

އަނެއްކޮޅުން މިއީ ޖެހިޖެހިގެން ދެ ފައިނަލްގައި ރޮނާލްޑޯ ކުޅުނު ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ރޮނާލްޑޯވަނީ އޮގަސްޓް 2014އިން ޖޫން 2019އާއި ހަމައަށް އޭނާ ކުޅުނު ހުރިހާ ފައިނަލަކުން މޮޅުވެފައެވެ.

މެޗަށްފަހު އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ރޮނާލްޑޯއަށެވެ. އިޓަލީއާއި ޔުވެންޓަސްގެ ކުރީގެ ފޯވާޑް ލޫކާ ޓޯނީ ބުނީ ރޮނާލްޑޯއަށް މިހާރު ރަނގަޅަށް ފުޓްބޯޅަ ކުޅެންވެސް ނޭނގޭކަމަށެވެ. ރޮނާލްޑޯ ފިޓު ނޫންކަން ފާހަގަކޮށް ޓޯނީ ބުނީ ޑްރިބަލް ކުރާނެ ގޮތް ވެސް މިހާރު ރޮނާލްޑޯއަށް ނޭނގޭކަމަށާއި، މުޅީ މެޗުގައި އެންމެ ދަށްކޮށް ކުޅުނީ ރޮނާލްޑޯކަމަށެވެ.

Advertisement
Allied — Dhen Online (box)

ރޮނާލްޑޯއަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި އޭނާގެ ދައްތަ މިވަނީ ރޮނާލްޑޯގެ ދިފާއުގައި ނިކުމެފައެވެ. ރޮނާލްޑޯގެ ދައްތަ އެލްމާ އަވިއޭރޯ ބުނީ ކޯޗު ސަރީގެ ސްޓައިލަށް އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެކަމަށެވެ. ރޮނާލްޑޯއަށް ނުކުޅެވުނީ ސަރީއާއި ހެދިކަމަށާއި، ފައިނަލަކުން ، އެކަކު އެކަނި މޮޅު ނުވެވޭނެކަމަށެވެ.

ކޯޗު ސަރީ ކުޅުވާ ސްޓައިލަށް ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިންވެސް އަމާޒުވިއެވެ. އޭނާ ޗެލްސީގައި ހުރި ދުވަސްވަރާއި، ޔުވެންޓަސްގައި މިހާތަނަށް އޭނާ ނެރުނު ނަތީޖާތަކަށްވެސް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.

މިކަންކަމާއި ގުޅޭގޮތުން މީގެ ކުރިން ސަރީ ބުނީ ބައެއް ފަހަރު މީހުން ކުރާ ކޮމެންޓްތަކުން އޭނާއަކީ ޓެރަރިސްޓެއްހެންވެސް ހީވާކަމަށެވެ. އޭނާ ވަކި ސްޓައިލަކަށް ކުޅެނީ ކުޅުންތެރިންގެ ފެންވަރާއި ހުނަރަށް ބަލާފައިކަމަށާއި، އައު ކޮންމެކަމެއް އާންމުވާން ވަގުތު ބޭނުންވާނެކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް