Monday, 9 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕިކަޕެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ

ޕިކަޕެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މާލެ، ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޚަބަރު ހުސްވެފައިއޮތް މީހަކު އޮތްކަމުގެ މައުލޫމާތު 2026 ނޮވެންބަރު 09ވަނަ ދުވަހުގެ ހެނދުނު 09:17 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް