Thursday, 12 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. 
ފުލުހުންގެ ޚިދުމަތުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) ކަމަށެވެ.

އާދަމް އިކްރާމް، 2026 ނޮވެންބަރު 11ވަނަ ދުވަހުގެ ދަންވަރުން ފެށިގެން ޢާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2026 ނޮވެންބަރު 12ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 332211އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން މިފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.