ދާންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ގިނަ ބަޔަކު ފައްސިވުމާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު ގއ. ދާންދޫ މޮނިޓަރިންގެ ހާލަތުން ނަގައިިފިއެވެ.
އެޗްޕީއޭއިން ބުނީ މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އިތުރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނުފެންނާތީ ކަމަށެވެ.
ދާންދޫން ފައްސިވެފައި ވަނީ އެ އަތޮޅު ދެއްވަދޫ ކްލަސްޓާ އާ ގުޅުން ހުރި ކޭސްތަކެކެވެ.
އެއް އަހަރުގެ ކުއްޖަކު ހިމެނޭހެން، ދާންދޫން 11 މީހަކު ފައްސިވެފައި ވެއެވެ.