ޚަބަރު

ޒައިދުގެ އިންޒާރު މެންބަރުންނަށް: ދީނޭ ކިޔައިގެން ނޭނގޭ ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއުޒިކަކީ ޙަރާމް އެއްޗެއް ނޫންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން މިއަދު ދެއްކެވި ވާހަކަތަކާ ގުޅިގެން ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by MWSC

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި،  މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވަނީ މިއުޒިކަކީ ޙަރާމް އެއްޗެއް ކަމަށް ނުބުނެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަސް، އިސްލާމް ދީން ރަނގަޅަށް ނޭނގި ދީނުގައި އޮންނަނީ މިހެންނޭ އެހެންނޭ ކިޔައިގެން އަޑު ގަދަ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް" ކަމަށެވެ. އަދި "ދީނޭ ކިޔައިގެން ތިމާއަށް ނޭނގޭ ވާހަކަ ނުދައްކަވާ ތިއްބުވުމަކީ އެންމެ ރަނގަޅު ގޮތް" ކަމަށާއި އަދި އެއީ "ފަހަށްވެސް އެންމެ ލުއިވާނެ" ގޮތް ކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު މި ޓްވީޓާއެކު ދީނީ ޢިލްމުވެރިޔާ އިޔާޒް ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. މިޓްވީޓްގައި "ގަޞްދުގައި ތިމަންކަލޭގެފާނުގެ މައްޗަށް ދޮގެއް ހަދައިފިމީހާ އޭނާގެ ޖަގަހަ ނަރަކައިން ތައްޔާރު ކުރާ ހުށިކަމެވެ." މި ހަދީޘް ބަސްފުޅު ހިމަނުއްވަވާ، މިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދައްކަވާއިރު ސަމާލުވުމަށް އިޔާޒް ނަސޭހަތްތެރިވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!