މާލޭގައި ދަންޖެހިގެން މީހަކު މަރުވެއްޖެ

މާލޭގައި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ދަންޖެހިފައި ވަނީ ށ. ފޭދޫ ޒުވާން ފިރިހެނެކެވެ. އަމިއްލައަށް މަރުވުމާ ގުޅޭގޮތުން ފުލުހުން މައުލުމާތު ހިއްސާ ނުކުރައްވާތީ މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ. އަދި ފޭދޫ ކައުންސިލުން ވެސް ވިދާޅުވީ އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ. އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައި ވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.





ކޮމެންޓް