Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ފުވައްމުލަކުން އިތުރު ތިން މީހަކު ފައްސި ވެއްޖެ

ކޮވިޑް-19: ފުވައްމުލަކުން އިތުރު ތިން މީހަކު ފައްސި ވެއްޖެ

ފުވައްމުލަކު ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ސިޓީން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލްގެ ތެރެއިން ފައްސިވި ފަރާތަކީ ދުބާއިން އައިސް އެރަށުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ފައްސިވި ފަރާތާއި ޑައިރެކްޓު ކޮންޓެކްޓްވި ފަރާތެއްކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެހޮސްޕިޓަލުން ބުނީ އެދުވަހު ނެގި ރޭންޑަމް ސާމްޕަލުން ފައްސިވި ދުބާއީ ކްލަސްޓާއާ ގުޅުންހުރި ފަރާތްތަކުގެ ސާމްޕަލް ނަގައި މިއަދު އެ ހޮސްޕިޓަލުގެ ލެބޯޓަރީގައި ޓެސްޓް ކުރިއިރު އިތުރު ތިން މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެހެންކަމުން ދުބާއީ ކްލަސްޓާއިން މިހާރު ފުވައްމުލަކުގައި ފައްސިވީ މީހުންގެ އަދަދު މިވަނީ 4 އަށް އަރާފައެވެ.

އައްޑޫސިޓީ ހިތަދޫން ކަރަންޓީނުގައި ނެތް ދެމީހަކު ފައްސިވެ، އުފެދުނު ކްލަސްޓާއިން ވެސް ފުވައްމުލަކުގައި ވަނީ ކްލަސްޓާއެއް އުފެދި، އެސިޓީ މޮނީޓަރިންގަށް ލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް